ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ހިޔާލަށް، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ މަރުހަބާ ވިދާޅުވެއްޖެ އެވެ.
06 އެޕްރީލް 2025
ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ހިޔާލަށް، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދު، ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށެވެ. އެކަމަށް ތާއިދުކުރައްވައި، އިމްތިޔާޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދުގެ ވިސްނުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ނަޝީދު އިސްވެ ޑިމޮކްރެޓްސްގެ ނަމުގައި ޖޫން، 2023 ގައި ސިޔާސީ ޕާޓީއެއް އުފެއްދީ ވެސް ނިމިދިޔަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވިގެންނެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުޙަބާ ދަންނަވަން. https://t.co/TCNW944KAb
— ???????? ????? (@Imthiyazfahmy) April 5, 2025
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދި، އެ ޕާޓީގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދެ ޕާޓީ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވިއިރު ޑިމޮކްޓެސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއަށް ބަދަލުވެފަ އެވެ. އެކަމާ ގުޅިގެން އެ މަނިކުފާނު މިދިޔަ ޖެނުއަރީ މަހު ވިދާޅުވީ މިވަގުތު އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް އަމަލީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
އެކަމަކު، އެމްޑީޕީއަކީ "ދަރިއެއް" ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަކޮށް އޮތުމަށް އަބަދުވެސް އެދޭނެ ކަމަށް ނަޝީދު އޭރު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ
ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅެނީ!
ނަޝީދު ރިޔާސީ ރޭހަށް ނުކުންނަވާތީ ނިޔާގެ ނުރުހުން!
އިންތިހާބުގައި ވާދަކުރައްވަން ނަޝީދު ހިޔާލު ހޯއްދަވަނީ
މޭ 6 ހަމަލާއަށް ހަތަރު އަހަރު؛ އިންސާފެއް ނުލިބޭ!
ރަނގަޅު ގޮތަކީ އެމްޑީޕީ/ޑިމޮކްރެޓްސް ގުޅުން: ނަޝީދު
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"