15 މާޗް 2017
އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ ގުލައިކޯ ޕްރޮޓީން އަކީ އިންފުލުއެންޒާ ވައިރަސް ބަލިޖެއްސުމަށްޓަކައި ބަނޑަހަޖެހުމަށް ބޭނުންކުރާ ބަހާ އެވެ. އަދި ނިއުރަމިނިޑޭސް ނުވަތަ އެން ނަމަކަށްކިޔާ އެންޒައިމަކީ އިންފުލުއެންޒާ ވައިރަސް ވިހައި ގިނަވެ، ލަޝްކަރު ރުކުރުވާލުމަށް އެހީވެދޭ ކޮމާންޑަރެވެ.
އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ ގުލައިކޯ ޕްރޮޓީން އަކީ އިންފުލުއެންޒާ ވައިރަސް ބަލިޖެއްސުމަށްޓަކައި ބަނޑަހަޖެހުމަށް ބޭނުންކުރާ ބަހާ އެވެ. އަދި ނިއުރަމިނިޑޭސް ނުވަތަ އެން ނަމަކަށްކިޔާ އެންޒައިމަކީ އިންފުލުއެންޒާ ވައިރަސް ވިހައި ގިނަވެ، ލަޝްކަރު ރުކުރުވާލުމަށް އެހީވެދޭ ކޮމާންޑަރެވެ.
އިންފުލުއެންޒާ ވައިރަސްތަކުގެ ހަމަލާތަކަށް ބަލާއިރު 1918 އިން 1919 އަށް އެޗް1 އެން1 ގެ ސަބަބުން 40 މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭޕްރީލް 2009 ވަނަ އަހަރުގައި ފެނުނު އެޗް1 އެން1ގެ ސަބަބުން ދެ ލައްކައެއްހާ މީހުން މަރުވި އެވެ. ދެހާސް ތޭރަ ވަނަ އަހަރު އެޗް7 އެން9 އިންފުލުއެންޒާ 100 އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ތެރެއިން ތިން މީހުން ވަނީ މަރުވެފަ އެވެ. އަދި 2014 ގެ ޖެނުއަރީ މަހާ ހިސާބަށް އެޗް5 އެން1 (ދޫނި ރޯގާ)، ތަފާތު 15 ގައުމަކުން ފެނި، 650 އަށް ވުރެ ގިނަ މީހުންނަށް އެ ބަލިޖެހި އޭގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުން މަރުވި އެވެ.
މިހާތަނަށް ތަފާތު 16 ވައްތަރުގެ އެޗް (އެޗް 1- 16) ފެނިފައިވެ އެވެ. އަދި އެންގެ ތަފާތު ނުވަ ވައްތަރު (އެން1-9) ފެނިފައިވެ އެވެ.
ކުރިން ވެސް ދެންނެވިހެން މި ތިން ބާވަތް ތަފާތު ވަނީ ވައިރަހުގައި ވާ އެތެރޭގެ ޕްރޮޓީންސްތަކަށް ބިނާކޮށެވެ. އިންފުލުއެންޒާ އޭ އަކީ އާއްމު ގޮތެއްގައި އެޕިޑެމިކްސް (ބައްޔެއް އާއްމު ހާލަތުގައި ޖެހޭ މިންވަރަށް ވުރެ މާ ބޮޑަށް އިތުރުވުން) އަދި އެޕިޑެމިކްސް ފުޅާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔުން ނުވަތަ ޕެންޑެމިކް ވުމަށް މެދުވެރިވާ މައި ވައިރަހެވެ. އިންފުލުއެންޒާ ބީ ވައިރަހަކީ މަދު އާބާދީތަކަކަށް އޭގެ ނުރައްކާ ފޯރުވާ ވައިރަހެކެވެ. މިގޮތުން ކޭންޕްތަކާއި ސްކޫލްތަކުގައި އުޅޭ މީހުންނާއި ކުދިންނަކީ މި ވައިރަސްގެ އަމާޒުތަކެވެ. މި ވައިރަހުގެ އުފަން އިތުރު ވައްތަރެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އިންފުލުއެންޒާ އޭ އަދި ބީއާ އަޅައިބަލާއިރު އިންފުލުއެންޒާ ސީ އަކީ ވަރަށް މަދުން ނުވަތަ ވަރަށް މަދު ހާލަތެއްގައި މެނުވީ އިންސާނުންނަށް ނުރައްކާކުރާ ވައިރަހެއް ނޫނެވެ.
ދޫނި ރޯގާ ނުވަތަ އެޗް5އެން1 އަކީ އިންފުލުއެންޒާ އޭ ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަސް އެންމެ ފުރަތަމަ އިންސާނުންގެ ފަރާތުން ފެނިފައި ވަނީ 1997 ވަނަ އަހަރު އެވެ. މިއީ އިންސާނާގެ ނޭވާލާ ނިޒާމަށް (ޚާއްޞަކޮށް ނޭވާލާ ނިޒާމުގެ ތިރީ ބަޔަށް) ކުޅަދާނަކަމާ އެކު ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ވައިރަހެކެވެ. އަދި ނިއުމޯނިޔާ ޖައްސައި، ނޭވާލާ ނިޒާމް ފެއިލް ކޮށްލުމަށް މެދުވެރިވާ ސަބަބަކަށް ވެސް މި ވައިރަސް ވެދެއެވެ. މިބަލި ޖެހިފައިވާ ގިނަ މީހުންނަކީ ކުކުޅުހާ ގެންގުޅޭ ނުވަތަ ބަލަހައްޓާ ފަރާތްތަކެވެ. ނުވަތަ އެފަދަ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކެވެ. އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދޫނިތަކާއި އެތެރެކުރާ ދޫންޏާއި ކުކުޅު ހާލުގެ ޒަރިއްޔާއިން ދޫނި ރޯގާ އިތުރަށް ފެތުރޭ ގޮތް ވެ އެވެ.
މިއީ އިންފުލުއެންޒާ އޭ، އެޗް1 އެން1 ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ ފުރަތަމަ ފާހަގަ ކުރެވިފައި ވަނީ އޫރުގެ ފަރާތުން އިންސާނުންނަށް ޖެހުނު ބައްޔެއްގެ ގޮތުގަ އެވެ. މެކްސިކޯ އިން 2009 ގައި ފެށިގެން އެތައް ބައްރަކަށް ފެތުރިގެން ދިޔަ މި ބަލީގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިއީ ވެސް ނޭވާލާ ނިޒާމަށް ނުރައްކާ ކުރާ ބައްޔެކެވެ. މި ބަލީގެ ނުރައްކާތެރިކަމާއި ފެތުރިގެންދިޔަލެއް ހަލުއިކަމުން ޖޫން 11، 2009 ގައި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރަސްމީ ޕެންޑެމިކް އިއުލާންކުރި އެވެ.
އެ އަހަރު ފެނުނު ސުވައިން ފުލޫ އަކީ ކުރީގައި ފެނުނު ސުވައިން ފުލޫ އާއި ދޫނި ރޯގާ އާއި ބައެއް އެހެނިހެން ވައިރަހާ ގުޅިގެން އުފެދުނު ބޮޑު ރޯގާއެކެވެ. ނަމަވެސް މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން ގިނަ ބައެއްގެ ދިފާއީ ނިޒާމް މި ރޯގާ އަށް ހޭނިގެން ދިއުމުން މި ނުބައި ބޮޑު ރޯގާ ފަހުން ވެގެންދިޔައީ އެހާ ނުރައްކާތެރި ރޯގާ އަކަށެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ޑަބްލިއުއެޗްއޯ އިން ކުރިން އިއުލާންކުރި ޕެންޑެމިކް އޮގަސްޓް 2010 ގައި ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާންކުރި އެވެ. އެހެންކަމުން މިހާރު މި ވައިރަސް ބެލެވެނީ އާދައިގެ ވައިރަހެއްގެ ގޮތުގަ އެވެ. އަދި ކުރިން ފެނިފައިވާ އެޗް1 އެން1 މިހާރު ވަނީ ފަހުގެ އެޗް1 އެން1 ޕީޑީއެމް އަށް ބަދަލުވާން ފަށައިފަ އެވެ. ނުވަތަ އަޕްގްރޭޑް ވާން ފަށައިފަ އެވެ.
އާނއެކެވެ. އަބަދުވެސް ބަދަލުވުމުގެ ފުރުޞަތު އޮވެ އެވެ. މި ބަދަލު އައުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބަކީ:
އެންޓިޖެނިކް ޝިފްޓް (އިންފުލުއެންޒާގެ ތަފާތު ދެ ވައިރަހެއް މިސާލަކަށް ދޫނި ރޯގާ ވައިރަހާއި އޫރު ރޯގާ ވައިރަސް އެއްވެގެން ނުވަތަ ގުޅިގެން ހަމަލާދިނުން) އާއި އެންޓިޖެނިކް ޑްރިފްޓް ނުވަތަ ވައިރަހުގެ ޖީންސް އަށް ލަސްލަހުން އަންނަ ކުދިކުދި ބަދަލުތަކެއްގެ ސަބަބުން ވައިރަސް ބަދަލުވުމެވެ. މި ގޮތަށް ބަދަލުވާ ބަދަލުވުންތަކުގެ ސަބަބުން ފަހަރެއްގައި ކުރިއަށް ވުރެ ވައިރަސްގެ ބާރު ގަދަވެ އޭގެ ނުރައްކާ އިތުރުވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ދޭ މައުލޫމާތަށް ބަލާއިރު ރާއްޖެ އިން ފެނިގެން މިއުޅެނީ އޫރު ރޯގާ އެވެ. ސުވައިން ފުލޫ އެވެ. ނުވަތަ އެޗް1އެން1 އެވެ. ދޫނި ރޯގާއެއް ނޫނެވެ. މިއީ ދުނިޔެއިން ކުރިން ފެނުނު އެޗް1 އެން1 ކަމެއް ނުވަތަ 2009 ވަނަ އަހަރު ފެނުނު އެޗް1 އެން1 ޕީޑީއެމް ކަމެއް ސާފެއް ނުވެ އެވެ.
މި ރޯގާ ޖެހެނީ އޫރު ރޯގާ ޖައްސާ އެޗް1 އެން1 ވައިރަސް ހަށިގަނޑުގެ ތެރެއަށް ވާސިލް ވުމުންނެވެ. ކެއްސާ ކިނބިހިއަޅާއިރު ގައިން ބޭރުވާ ކުޅު ނުވަތަ އަރިދަފުސްގެ ޒަރިއްޔާއިން ވެސް އެކަކު ގައިން އަނެކަކުގެ ގަޔަށް މި ބަލި އަރައިފާނެ އެވެ. އަދި އެފަދަ އެއްޗެއް ހުރި، އެއްޗެއްގައި އަތްލެވި، އަތް ނުދޮވެ އަނގަ ނުވަތަ ނޭފަތް ނުވަތަ ލޮލުގައި އަތްލެވުމުން ވެސް އޫރު ރޯގާ ޖެހިދާނެ އެވެ.
އުމުރުން ފަަސް އަހަރުން ދަށުގެ ކުދިންނާއި މުސްކުޅިންނާއި، މާބަނޑު މީހުންނާއި، މާބޮޑަށް ފަލަ މީހުންނާއި ދާއިމީ ގޮތަށް ބޮޑެތި އެކި ބަލިބައްޔަށް ބޭސްފަރުވާ ކުރަމުންދާ ފަރާތްތަކާއި ދިފާއީ ނިޒާމް ބަލިކަށި ފަރާތްތަކަށް އޫރު ރޯގާގެ ނުރައްކާ ބޮޑުވެ އެވެ.
މި ބަލި ޖެހުމުން ފެންނަ އަލާމާތްތަކާއި އާއްމު ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކާ އެއްގޮތް ގިނަ ކަންތައްތަކެއް ފާހަގަކުރެވެ އެވެ. އެގޮތުން އަރިދަފުސް އެޅުމާއި، ކެއްސުމާއި، ކިނބިހި އެޅުމާއި، ގަދަޔަށް ހުން އައުމާއި، ތުރުތުރު އެޅުމާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ކަރަށް ތަދުވުން ފަދަ އުނދަގޫތައް ހިމެނެ އެވެ. މި އަލާމާތްތައް ފެނުމަށް 1-3 ދުވަހުގެ ދެމެދުގެ މުއްދަތެއް އާންމު ގޮތެއްގައި ނަގަ އެވެ.
އޫރު ރޯގާގެ ވައިރަހުން ހަށިގަނޑު ބަލިކަށިވެފައިވާ ހާލަތުގައި އެހެނިހެން ޖަރާސީމްތަކުން ހަށިގަނޑު އިތުރަށް ބަލިކަށިވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޚާއްޞަކޮށް ސްޓްރެޕްޓޯކޮއްކަސް ނިއުމޯނިއާ ކިޔާ ބެކްޓީރިޔާއަކާއި ހީމޯފިލަސް އިންފުލުއެންޒާ ކިޔާ ވައިރަހެއްގެ ސަބަބުން ބަލި ކޮންޓްރޯލް ނުވެ އިތުރަށް ގޯހުން ގޯހަށް ދިޔުމަކީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް ސްޓަފިލޯކޮކްކަސް އޯރިއަސް ބެކްޓީރިޔާ ވަދެއްޖެ ނަމަ މަރުވުމުގެ ފުރުޞަތު ބޮޑުވެގެން ދެ އެވެ. ވީމާ ނޭވާލާން އުނދަގޫވުން ނުވަތަ ކެއުންބުއިން ފަދަ ކަމެއް ދަތިވެއްޖެ ނަމަ ލަސްނުކުރައްވާ ޑޮކްޓަރަކަށް ދައްކަވާށެވެ.
ގިނައިން ދިޔާތަކެތި ބޭނުންކުރައްވާށެވެ. ޕެރެސަޓަމޯލް ބޭނުންކުރައްވާ އަރާމު ކުރައްވާށެވެ. އަވަހަށް ޑޮކްޓަރަކަށް ދައްކަވައި ޑޮކްޓަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ބޭސް ބޭނުން ކުރައްވާށެވެ. އޫރު ރޯގާ އަށް އެންޓިވައިރަލް އަދި ސެކަންޑަރީ އިންފެކްޝަނަށް އެންޓިބައޮޓިކް ބޭސް ބޭނުން ކުރައްވާނީ އެކަމަށް ޑޮކްޓަރުން ލަފާދެއްވުމުންނެވެ. އަދި މީގެ އިތުރުން ބަލިން ސަލާމަތްވުމަށްޓަކައި ދުންފަތުގެ އިސްތިއުމާލް ކުރުން ކޮންމެހެން ހުއްޓާލަން ޖެހެ އެވެ. ކެއްސައި ކިނބިހި އަޅާއިރު މޫނު ނިވާކުރާށެވެ. އަދި ގިނަގިނައިން މާސްކް އަޅައިގެން އުޅޭށެވެ. ގިނަގިނައިން އަތް ދޮންނާށެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާށެވެ.
އާނއެކެވެ. ވެކްސިނެއް ވަނީ އުފައްދާފަ އެވެ. ނަމަވެސް މިހާރު އުފައްދާފައިވާ އިންފުލުއެންޒާ ވެކްސިން އަކީ އެހާ ފުރިހަމަ ވެކްސިނެއް ނޫނެވެ. ސަބަބަކީ އެ ވެކްސިންގެ ފައިދާކުރަނީ ގާތްގަނޑަކަށް އެންމެ 70 ޕަސެންޓް މީހުންނަށް ކަމަށް ވާތީ އެވެ. އަދި ވެކްސިންގެ އަސަރު ހުންނަނީ ގާތްގަނޑަކަށް އެންމެ އަހަރެއްހާ ދުވަސް ވަންދެނެވެ. އެހެނީ އިންފުލުއެންޒާ ވައިރަސްތަކަކީ ބަދަލުވަމުންދާ ވައިރަސްތަކެކެވެ. މިދެންނެވި އާ ބަދަލްތަކަށް، އާ ވެކްސިނަކަށް ދުނިޔެ ވަނީ ބޭނުންވެފަ އެވެ.
ކަން މިހެން ހުރި ކަމުގައިވީ ނަމަވެސް އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކާއި ޒުވާން އުމުރުގައި ހިތުގެ ބައްޔަށް ގިނަ ދުވަސް ވަންދެން ބޭސްކުރާ ފަރާތްތަކާއި، ދިފާއީ ނިޒާމް ބަލިކަށި ފަރާތްތަކާއި، ހަކުރު ބައްޔާއި ކިޑުނީ ބަލީގެ ގިނަ ދުވަސްވެފައިވާ ފަރާތްތަކާއި ފުއްޕާމޭ ބަލީގައި ގިނަ ދުވަސް ވެފައިވާ (އެސްމާ ބަލިމީހުން ހިމެނޭ ގޮތަށް) ފަރާތްތަކަށް މިހާރު އުފައްދާފައިވާ އިންފުލުއެންޒާ ވެކްސިން ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޞިއްހީ މާހިރުން އިރުޝާދު އެވެ.
އާނއެކެވެ. މާބަނޑު މީހުންނަށާއި، ގާތުން ކިރުދޭ މައިންނަށް ވެސް މި ވެކްސިން ދެވިދާނެ އެވެ. ނަމަވެސް ދެނީ މަސްގަނޑަށް ޖަހައިގެންނެވެ. އިންފުލުއެންޒާ ވެކްސިން ދެ އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވެސް ދެވިދާނެ އެވެ. އެއީ ނޭފަތަށް ސްޕްރޭ ކޮށްގެންނެވެ.
މާތް ﷲ އަޅުގަނޑުމެންގެ ރާއްޖޭގައި ފެތުރެމުން މިދާ ބޮޑު ރޯގާއިން އަޅަމެން އެންމެން ސަލާމަތްކޮށްދެއްވާށިއެވެ! އާމީން
ނޯޓް: ކުކުޅު ބިހަށް އެލާޖިކްވާ އެއްވެސް ފަރާތެއް އިންފުލުއެންޒާ ވެކްސިން ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
މައުލޫމާތު: ކުމާރު އެންޑް ކުލާކްސް ކުލިނިކަލް މެޑިސިން، ޑޭވިޑްސަންސް ޕްރިންސިޕަލްސް އެންޑް ޕްރެކްޓިސް އޮފް މެޑިސިން، އިލަސްޓްރޭޓަޑް ޓެކްސް ބުކް އޮފް ޕިޑިއަޓްރިކްސް (މޮސްބީ) ، ވިލިއަމްސް އޮބްސްޓެޓްރިކްސް
ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ: ނާޒިމް
ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި
ސްވައިން ފްލޫއަށް މާ ބޮޑު ހައްލެއް ނާދޭ: މެމްބަރުން
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ސްވައިން ފްލޫއާ ގުޅިގެން ބުކިންސްތައް ކެންސަލްކުރަނީ
ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެއްޖެ
ހުމާއި ރޯގާއިން ރައްކާތެރިވުމަށް އުރީދޫގެ އެހީތެރިކަން
އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް
އެޗް1އެން1 ކޮންޓްރޯލް ކުރެވޭނެ ކަން ޔަގީން: ނާޒިމް