ޓީވީ ޕްރޮގްރާމެއްގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
25 މާޗް 2025
ޓީވީ ޕްރޮގްރާމެއްގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
އޯޓިސްޓިކް ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދެއްކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަތަކަށް ހާއްސަކޮށް "ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގަ އެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އެ ވާހަކަތަކަށް ޕްރޮގްރާމުގައި ދެން ބައިވެރިވި ބޭފުޅުން ވެސް ހިތްވަރު ދެއްވާ ވާހަަކަ ދެއްކި މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ބްރޯޑްކޮމް އިން ނެރުނު ސާކިއުލާއެއްގައި ބުނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމާއި ބްރޯޑްކާސްޓިން ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ދައްކާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިސާސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ. އަދި ކޮމިޝަނުގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ އެފަދަ މައްސަލަތައް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
ބްރޯޑްކޮމް އިން ވަނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކަށް އިހްތިރާމުކޮށް އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އެ ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ޕާޕާ މަލާމާތުގެ ރާގަކަށް ބުނީ ރައީސްގެ އަމަލުތައް ހުންނީ އޯޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށެވެ. އެ ވާހަކައަށް ހިތްވަރު ދެއްވީ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މޮސްޓާ އެވެ.
އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި މައްސަލާގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
ބްރޯޑްކޮމް އޮތީ ސަރުކާރު ދަށުވެފައި: މެމްބަރުން
ފޭސްބުކުން މަޖިލިސް ދައްކާތީ ބްރޯޑްކޮމް ކަންބޮޑުވެއްޖެ!
ދިއެފްއެމް އަހަރެމެންނަށް އަލްވަދާއު ކިޔައިފި
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ކޮންޓެންޓާ ގުޅިގެން ރާއްޖެ ޓީވީން މާފަށް އެދިއްޖެ
ކުދިންގެ ކަރާމާތް ނުގެއްލޭ ކޮންޓެންޓު ފޮނުވަން އެދިއްޖެ
ފަޒީން، ބްރޯޑްކޮމުން އިސްތިއުފާ ދެއްވައިފި
ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލާގައި ބްރޯޑްކޮމް މާދަމާ ކޮމިޓީއަށް