13 މާޗް 2017
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ހިންގާ ޓީވީ ޗެނަލް ޓީވީއެމްގެ ފޭސްބުކް ޕޭޖާއި އެ ޗެނަލުން ފޮނުވާ މޯލްޑިވިއަން އައިޑޮލްގެ ފޭސްބުކް ޕޭޖް ރޭ ބަޔަކު ހެކްކޮށްފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ހިންގާ ޓީވީ ޗެނަލް ޓީވީއެމްގެ ފޭސްބުކް ޕޭޖާއި އެ ޗެނަލުން ފޮނުވާ މޯލްޑިވިއަން އައިޑޮލްގެ ފޭސްބުކް ޕޭޖް ރޭ ބަޔަކު ހެކްކޮށްފި އެވެ.
އެ ދެ ޕޭޖް ހެކް ކުރުމަށް ފަހު، އެކަން ކުރި މީހުން ބުނެފައި ވަނީ ދެން ހެކް ކުރާނީ ޕީއެސްއެމްގެ ޕޭޖް ކަމަށެވެ.
ހެކް ކުރި ޕޭޖްތަކަށް ބަލާ އިރު، މޯލްޑިވިއަން އައިޑޮލް ޕޭޖަކީ މިދިޔަ އަހަރު ގެނެސް ދިން އެ ޝޯގެ ފުރަތަމަ ސީޒަނާއި މިހާރު ކުރި އަށް ދާ ދެ ވަނަ ސީޒަންގެ އެންމެ ފަހުގެ މައުލޫމާތުތައް ބެލުންތެރިންނަށް ގެނެސް ދެމުން އަންނަ ޕޭޖެކެވެ.
އެ ޕޭޖްގައި ޝޯގެ ފޮޓޯތަކާއި ވީޑިއޯތަކާއި ކުރި އަށް ހުންނަ ޝޯތަކާ ބެހޭ ގޮތުން ބެލުންތެރިންނަށް ފޯރުކޮށް ދޭން ޖެހޭ މައުލޫމާތުތައް ހިއްސާ ކުރަމުންދެ އެވެ. މޯލްޑިވިއަން އައިޑޮލް ޕޭޖަކީ ބައިލައްކައެއްހާ މީހުން ފޮލޯ ވެސް ކުރާ ޕޭޖެއްކަން ފާހަގަކޮށްލެވެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ރަސްމީ ފޭސްބުކް ޕޭޖް ހެކް ކުރި ނަމަވެސް، އެ ޝޯގެ ވެބްސައިޓަށް މިހާރު ވެސް ވަދެވެ އެވެ. އަދި ޕީއެސްއެމްގެ ސައިޓަށް ވެސް ވަދެވެ އެވެ.
މިކަމާ ބެހޭ ގޮތުން ޕީއެސްއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
އަޒަލް އަށް މި ފަހަރު ކިހާ ހިސާބަކަށް ދެވޭނެބާ؟
"އައިޑޮލް 3" ގެ އޮޑިޝަން ޝޯތައް އަންނަ މަހު
މޯލްޑިވިއަން އައިޑޮލްގެ ފަނޑިޔާރުންގެ ޕެނެލަށް ޒާރާ
މޯލްޑިވިއަން އައިޑަލް މިފަަހަރު ވެސް ދިރާގަށް
ހަމްދާންގެ އައިޑޮލް ދަތުރު ނިމުމަކަށް
ސައްޔާހާއި ޝަނީޒާ އަށް ގާލާއިން ފުރުސަތު ނުލިބި ގެއަަށް
ލައިޝާގެ ލަވަ ހެދި ޓޮނިކް ލައިވުން މައާފަށް އެދިއްޖެ
ޕިއާނޯގެ ފުރަތަމަ ރައުންޑްގައި ރީތި ހުށަހެޅުންތަކެއް
ލައިޝާގެ "ހޯދޭތޯ މަންޒިލެއް" އަކީ ކޮޕީއެއް؟
މޯލްޑިވިއަން އައިޑޮލްގެ ގަދަ 16 ކަށަވަރުވެއްޖެ