18 ފެބުރުއަރީ 2017
"މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ލައިޝާގެ ޖުނައިދުގެ ލަވަ "ހޯދޭތޯ މަންޒިލެއް" އަކީ ހަމަ ކުރީގެ ރާގަކަށް ހެދި ލަވައެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި އޮޅުވާލަން ކުރި ކަމެއް ނޫން ކަމަށް ބުނެ އެ ލަވަ ހެދި ޓޮނިކް ލައިވް ސްޓޫޑިއޯއިން މައާފަށް އެދިއްޖެ އެވެ.
"މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ލައިޝާގެ ޖުނައިދުގެ ލަވަ "ހޯދޭތޯ މަންޒިލެއް" އަކީ ހަމަ ކުރީގެ ރާގަކަށް ހެދި ލަވައެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި އޮޅުވާލަން ކުރި ކަމެއް ނޫން ކަމަށް ބުނެ އެ ލަވަ ހެދި ޓޮނިކް ލައިވް ސްޓޫޑިއޯއިން މައާފަށް އެދިއްޖެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ އެއް ޖަޖު އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ގެ ހިއްސާ އޮންނަ ޓޮނިކް ލައިވުން ހެދި އެ ލަވައަކީ 2014 ވަނަ އަހަރުގެ އިންޓަ ސްކޫލް ލަވަ މުބާރާތުގައި ދަރިވަރަކު ކިޔާފައިވާ ރާގަކަށް ހެދި ލަވައެއްކަން އެނގުމުން ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
އަދި މި މައްސަލާގައި ލައިޝާ ވަނީ އޭނާގެ އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން "ހޯދޭތީ މަންޒިލެއް" އަކީ ކުރީގެ ރާގަކަށް ހަދާފައި އޮތް ލަވައެއްކަން ކުރިން އެނގިފައި ނުވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ އެ ލަވަ އޭނާއާ ހަމައަށް ގެންދިޔައީ "އޮރިޖަނަލް މެލޮޑީއެއް" ކަމަށް ބުނެ ކަމަށެވެ.
އެހެން ނަމަވެސް "ހޯދޭތޯ މަންޒިލެއް" އަކީ ކުރީގެ ރާގެއްކަން ސޯޝަލް މީޑިއާ އިން އެނގުމުން ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށާއި ލަވަ ހެދުމުގައި ޒިންމާވި ހުރިހާ އެންމެން އެކަމަށް މައާފަށް ވެސް އެދުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން ލައިޝާ ވަނީ "އޮރިޖިނަލް" ލަވައެއްގެ ގޮތުގައި އޭނާގެ ފޭނުންނަށް ލަވަ ދޫކޮށްލެވުނުކަމަށްޓަކައި ފޭނުންގެ ފަރާތުން މައާފަށް ވެސް އެދިފަ އެވެ.
ޕީއެސްއެމުން އަލްބަމް ހަދަން ހަވާލު ކުރި ޓޮނިކް ލައިވުން ނެރުނު ބަޔާނެއްގައި ބުނީ ލަވަ މުބާރާތުގައި ކިޔާފައިވާ ލަވައެއްގެ ރާގަކަށް ލައިޝާގެ "ހޯދޭތޯ މަންޒިލެއް" ހެދީ ރީތި އަމިއްލަ ދިވެހި ރާގަކަށްވެފައި، މީގެ ކުރިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި އެ ރާގު ބޭނުންކޮށްފައި ނުވާތީ ކަމަށެވެ.
"[މިކަން ކުރީ] އެއްވެސް ހާލެއްގައި ޕީއެސްއެމް އަދި ލައިޝާ އަށް އެއްވެސް ކަމެއް އޮޅުވައިލުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް މިކަން މި ގޮތަށް ހިނގާފައި ވަނީ ސްޓޫޑިއޯގެ އިހުމާލުން ކަމަށް ދެކެމެވެ،" ބަޔާނުގައިވެ އެވެ. "ވީމާ ސްޓޫޑިއޯގެ މުޅި ޓީމްގެ ފަރާތުން ޕީއެސްއެމް، ލައިޝާ، ލައިޝާގެ ސަޕޯޓަރުން އަދި އެންމެހައި އާންމު ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ."
ޓޮނިކް ލައިވުން އަދި ބުނީ ލައިޝާގެ ހަ ލަވަ ހިމެނޭ އަލްބަމްގެ ކުރިއަށް ހުރި ލަވަތަކަކީ ސައްތަ އިން ސައްތަ ދިވެހި އަމިއްލަ އާ ރާގުތަކަކަށް ވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"އަދި އެ ލަވަތަކަކީ މި ސްޓޫޑިއޯ އިން މިހާތަނަށް އަލްބަމަކަށް ހޭދަ ނުކުރާހާ ވަގުތާއި ވަސީލަތް ބޭނުންކޮށްފައިވާ ލަވަތަކެއްކަން ވެސް ފާހަގަ ކުރަމެވެ." "ބަޔާނުގައިވެ އެވެ. "އަދި އެ ލަވަތައް ރިލީޒް ކުރުމުގެ ކުރިން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޕީއެސްއެމް އަދި ލައިޝާއާ މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެމެވެ."
ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިޝާގެ އަލްބަމްގެ ހަދަން ޓޮނިކް ލައިވް ސްޓޫޑިއޯ ހަވާލު ކުރީ އައުޓްސޯސްކޮށްގެން އެކަން ކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި ލަވަތަކަކީ އަމިއްލަ ރާގުގެ އާ ލަވަތަކަށް ވާން ޖެހޭނެ ކަމަށް ޕީއެސްއެމުން ބުނެފައިވެ އެވެ.
އައިޑޮލްގެ ތިއޭޓަ ރައުންޑް އަންނަ ހަފުތާގައި
އަޒަލް އަށް މި ފަހަރު ކިހާ ހިސާބަކަށް ދެވޭނެބާ؟
"އައިޑޮލް 3" ގެ އޮޑިޝަން ޝޯތައް އަންނަ މަހު
މޯލްޑިވިއަން އައިޑޮލްގެ ފަނޑިޔާރުންގެ ޕެނެލަށް ޒާރާ
މޯލްޑިވިއަން އައިޑަލް މިފަަހަރު ވެސް ދިރާގަށް
މޯލްޑިވިއަން އައިޑޮލްގެ އެފްބީ ޕޭޖް ހެކްކޮށްފި
ހަމްދާންގެ އައިޑޮލް ދަތުރު ނިމުމަކަށް
ސައްޔާހާއި ޝަނީޒާ އަށް ގާލާއިން ފުރުސަތު ނުލިބި ގެއަަށް
ޕިއާނޯގެ ފުރަތަމަ ރައުންޑްގައި ރީތި ހުށަހެޅުންތަކެއް
ލައިޝާ އަށް "ބޮޑު ޝޮކެއް"، މައާފަށް އެދިއްޖެ