ރ. އުނގޫފާރުން 15 މީހުން ގޮވައިގެން ށ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.
30 ޖެނުއަރީ 2025
ރ. އުނގޫފާރުން 15 މީހުން ގޮވައިގެން ށ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު، "މިހާރު" އަށް ވިދާޅުވީ ބަންޑުން ޖަހާލި ލޯންޗުގައި ހަތަރު އަންހެނުންނާއި ހަތަރު ކުޑަކުދިން ވެސް ތިބި ކަމަށެވެ.
މިލަންދޫ އާއި މާކަނޑޫދޫ ކައިރިން އެ ލޯންޗު ބަންޑުން ޖަހާލީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯންޗުން ތަންގަނޑެއް ނައްޓައިގެން ގޮސް އަޑިއަށް ދިޔައީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ މިލަންދޫ ކައުންސިލުގެ ރައީސްގެ ފަރާތުން،"
ބަންޑުން ޖަހާލީ އުނގޫފާރު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މިލަންދޫ ފިރިހެނަކު ދުއްވި ލޯންޗެކެވެ. ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި އަންހެން މީހާގެ އާއިލާގެ ބަޔަކާ އެކު އެމީހުން މިލަންދޫއަށް ދަތުރުކުރީ މާދަމާއަކީ ބަންދު ދުވަހަކަށް ވާތީ އެވެ.
މިލަންދޫ ކައިރިއަށް ލޯންޗު ބަންޑުން ޖަހާލާފައި.-- ފޮޓޯ: އަހުމަދު އަޒީމް | ފޭސްބުކް
ބަންޑުން ޖަހާލި ލޯންޗުގައި ތިބި އެންމެން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ.
އޭގެ ތެރެއިން ބައެއް މީހުންނަށް މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދޭން ޖެހުނީ އެ ހާދިސާއާ ގުޅިގެން ނަފްސާނީވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަންހެނުންނާއި ކުޑަކުދިންނަށް އެކަހަލަ ކަމެއް ވީމަ ވަރަށް ކަންބޮޑުވާނެ. އެހެންވީމަ ގޯސްވެދާނެތީ އެމީހުން ސިއްހީ މަރުކަޒަށް ގެންދިޔައީ. މިހާރު އެމީހުން ރަނގަޅު ކަމަށް މައުލޫމާތު ލިބެނީ." އުނގޫފާރު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާއެއް، ތިން މީހަކަށް ފަރުވާދެނީ
އުނގޫފާރުގެ ނެރުމައްޗަށް ލޯންޗެއް ބަންޑުންޖަހާލައިފި
ލޯންޗަކާއި ޓަގެއް ޖެހި، އެކްސިޑެންޓްވެ މީހަކަށް އަނިޔާ
އިންޑިއާ ބޭރަށް ފެތުނު ބޯޓުން ތެޔޮ ލީކުވަނީ
އަތް ބުރިވި މީހާއަށް މަސްނޫއީ އަތެއް ހަދައިދެނީ
ގައިމަތިން ދިޔަ ލޯންޗުން ޖެހި ބުރިވި އަތް ނުފެނުނު
ޑިންގީ އެކްސިޑެންޓުގައި ސީރިއަސްވި މީހާ މާލެ ގެންނަނީ
ޑިންގީއެއްގައި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ
މަސްތުވެގެން ހުރެ ލޯންޗު ދުއްވި މީހަކު ވެސް ހައްޔަރު