އުތުރު އިންޑިއާގެ އަމްރިތުސަރް ސްޓޭޓްގެ މީހެއް ކަމަށްވާ ދަލްޖިންދަރު ކޯރް އުމުރުން 72 އަހަރުގައި ދަރިއަކު ހޯދުމުން އޭނާގެ ހިތްވަރުގަދަ ކަމަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. އަދި ދުނިޔޭގެ މީޑިއާތަކުން މި ޚަބަރު ވަރަށް ބޮޑަށް ފެތުރި އެވެ.
10 މާޗް 2017
އުތުރު އިންޑިއާގެ އަމްރިތުސަރް ސްޓޭޓްގެ މީހެއް ކަމަށްވާ ދަލްޖިންދަރު ކޯރް އުމުރުން 72 އަހަރުގައި ދަރިއަކު ހޯދުމުން އޭނާގެ ހިތްވަރުގަދަ ކަމަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. އަދި ދުނިޔޭގެ މީޑިއާތަކުން މި ޚަބަރު ވަރަށް ބޮޑަށް ފެތުރި އެވެ.
ސަލްޖިންދަރް ކޯރު ވިހެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. މިހާރު އުމުރުން 73 އަހަރު ފުރިފައިވާ މި އަންހެންމީހާގެ ދަރިފުޅަށް އަހަރު ވާން ކައިރިވެފައިވާއިރު ދަރިފުޅު ބެލުމަކީ އޭނާއަށް ވަރަށް ބުރަ ކަމަކަށް ވެފައިވާ ކަމަށް ފުރަތަމަ ފަހަރަށް ވަނީ އެއްބަސްވެފަ އެވެ. އެކަމަކު މި ކުއްޖާ ލިބިގެން އޭނާ އެއްވެސް ވަރަކަށް ހިތާމައެއް ނުކުރެ އެވެ.
ދަލްޖިންދުރަގެ މައްސަލައަކީ ކުއްޖާ ވިހޭ ފަހުން އޭނާގެ ހުޅުތައް މާ ބަލިވެ ޕްރެޝަރު މައްޗަށް ދިއުމެވެ. އޭނާ ބުނި ގޮތުގައި ލޭގެ ޕްރެޝަރު މަތިކަމުން އޭނާ ވަރަށް އަވަހަށް ވަރުބަލިވެ އެވެ. ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިއްޖެ ކަމަށާއި ޑޮކްޓަރުން ވެސް ދެނީ ބޭހާއި ކެއުމުގެ އާދަތައް ގެންގުޅެވީ ގޮތުގެ ޕްލޭނެއް ކަމަށް ދަލްޖިންދުރަ ބުންޏެވެ.
"އަހަރެން ދަރިފުޅު އަރްމާންއާ ދޭތެރޭ ވަރަށް ކަންބޮޑުވޭ. އަހަރެންގެ ސިއްހަތަށް ވެސް ވަރަށް ބަލަން ޖެހޭ ހަމަ އެއާއެކު ދަރިފުޅު ވެސް ބަލަން ޖެހޭ. މިހާރު ދަރިފުޅު ފިރުކޭތީ އަހަންނަށް ވެސް އަބަދު އޮންނަން ޖެހެނީ އޭނާއާ އެކު އަތާއި ފައި ބިންމަތީގައި ޖައްސައިގެން. އެއީ ވަރަށް އުނދަގޫކަމެއް. އަހަރެންގެ ހަށިގަނޑު އެފަދަ ކަމަކަށް މިހާރު ތަނެއް ނުދޭ. މިއީ އަހަރެން ހީކުރި ވަރަށް ވުރެ ވެސް އުނދަގޫކަމެއް،" ދަލްޖިންދަރު ބުންޏެވެ.
މި އަންހެންމީހާ ފުރަތަމަ ފަހަރަށް ވިހެއީ ކައިވެނިކޮށްގެން އުޅޭތާ 46 އަހަރު ފަހުންނެވެ. ފިރިމީހާ މޮހިންދުރަ ސިންގް ގިލް، 80، ވެސް އައިވީއެފް ހަދަން އެއްބަސްވީ ދަރިން ހޯދަން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.
މި ދެމަފިރިންނަށް ކުއްޖަކު ހޯދުމަށް އެހީތެރިވީ އިންޑިއާގެ ހިސާރުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ޑރ. އަނުރާގް ބިޝްނޯއީ އެވެ.
އަންނަ މަހު އަރްމާން ސިންގް އަށް އެއް އަހަރު ފުރުނަސް އޭނާގެ ބަރުދަން އަދިވެސް އެހާ ބޮޑަކަށް އިތުރެއް ނުވެ އެވެ. އަދިވެސް މި ކުއްޖާގެ ބަރުދަނުގައި ހުރީ އެންމެ 6.8 ކިލޯ އެވެ.
އަރްމާންގެ މަންމަ ވެސް ބުނީ ދަރިފުޅުގެ އަދި ހުންނަން ޖެހޭ ވަރަށް ބަރުދަން ނެތް ކަމަށެވެ.
"ދަރިފުޅު އަދިވެސް ވަރަށް ހިކި. އެހެންވެ އެ އުމުރުގެ ކުދިންނަށް ހެޔޮވަރު ޑައިޕާ ވެސް އަދި ދަރިފުޅަކަށް ހެޔޮވަރެއް ނޫން. އޭނާ އެހާ ހިކީ އަހަރެން އޭނާއަށް ރަނގަޅަށް ގާތުން ނުދިނީމަ ކަންނޭނގެ. އަހަރެން ގާތުގައި ރަނގަޅަށް ކިރު ނުހުންނާތީ ތިން މަހުގައި އަހަރެން އޭނާއަށް ކިރުދިނުން ހުއްޓާލައިފިން. އަހަރެން ޑޮކްޓަރު ކައިރީ ވެސް ބުނެފިން ބަރުދަން އިތުރުވާ ކަހަލަ ބޭހެއް ދޭށޭ. ޑޮކްޓަރު ވިދާޅުވީ ކާންދީގެން ގުދުރަތީ ގޮތުން ބަރުދަން އިތުރުވީމަ މާ ރަނގަޅުވާނޭ،" ދަލްޖިންދުރަ ބުންޏެވެ.
ދަލްޖިންދުރަގެ ދެމަފިރިން ޅައިރު
ދަލްޖިންދުރަ ބުނީ އޭނާ ވަރަށް އަވަހަށް ވަރުބަލިވި ނަމަވެސް އޮށޯވެ އަރާމުކޮށްލާނެ ވަގުތުކޮޅެއް ލިބެނީ ދަރިފުޅު ނިދުމުން ކަމަށެވެ.
"އަހަރެމެން ދެމަފިރިން ވެސް މުސްކުޅިވެފައިވާތީ ވަރަށް އަވަހަށް މިހާރު ބަލިވޭ. ނަމަވެސް ދަރިފުޅު ބެލުމުގެ ޒިންމާ އޮތީމަ ކެތްކޮށްލައިގެން އުޅެނީ. ގިނަ ކަންތައްތައް ކުރަނީ އަހަރެން އެކަނި. ބައެއް ފަހަރަށް ފިރިމީހާ ވެސް އެހީތެރިވޭ،" ދަލްޖިންދުރަ ބުންޏެވެ.
"އަހަރެން ކޮންމެ ތަނެއްގައި ހުއްޓަސް ދަރިފުޅު ފިރުކެމުން އަހަރެން ކައިރިއަށް އަންނާނެ. އަހަރެން ދަރިފުޅު ދެކެ ވަރަށް ލޯބިވޭ،" ދަލްޖިންދުރަ ބުންޏެވެ.
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
މަންމައަށް ވުރެ ދަރިފުޅު "ހަގީ" އެންމެ އަހަރެއް!
ޑުބާއީގައި 63 އަހަރުގެ މީހަކު ވިހައިފި
އައިވީއެފް ހަދަން ނުޖެހޭ އެތައް ބަޔަކު އެ ފަރުވާ ހޯދާ
އައިވީއެފް ހެދުމުގެ ތެރޭ ކުދިންތަކެއްގެ ނަސްލު އޮޅިއްޖެ
އައިވީއެފް އިން އުރަމަތީ ކެންސަރަށް މަގުފަހިވޭތަ؟
މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދުން މައްސަލައަކަށް
އިންޑިއާ މީހަކު 72 އަހަރުގައި މަންމައަކަށް ވެއްޖެ