Roadha Mihaaru
ޑުބާއީގައި 63 އަހަރުގެ މީހަކު ވިހައިފި

ޑުބާއީގައި 63 އަހަރުގެ މީހަކު ވިހައިފި

23 ފެބުރުއަރީ 2017

ޑުބާއީގައި ދިރިއުޅޭ ސްރީ ލަންކާ ނަސްލުގެ އަންހެނަކު އުމުރުން 63 އަހަރުގައި ވިހައިފި އެވެ. ޑުބާއީގެ ހޮސްޕިޓަލެއްގައި މި މީހާ ވިހާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޑުބާއީގައި ދިރިއުޅޭ ސްރީ ލަންކާ ނަސްލުގެ އަންހެނަކު އުމުރުން 63 އަހަރުގައި ވިހައިފި އެވެ. ޑުބާއީގެ ހޮސްޕިޓަލެއްގައި މި މީހާ ވިހާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަންހެންމީހާގެ ސިޒޭރިއަން ހެދި ތުމްބޭ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖަގައުދު ނިރްމަލާ ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ މީހެއްގެ ސިޒޭރިއަން ހެދި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ދަރިއަކު ހޯދަން ބޭނުންވެގެން އަންހެންމީހާ ވަނީ އިންޑިއާގައި އައިވީއެފް ހަދައިފަ އެވެ. ވިހޭ ކުއްޖާ އާއި މައިމީހާގެ ހާލު ވެސް ރަނގަޅުކަމަށް ގަލްފް ނިއުސް އިން ބުންޏެވެ.

އުފަންވި ކުއްޖާގެ 61 އަހަރުގެ ބައްޕަ އަކީ އިންޑިޔާގެ ޗެންނާއީގެ މީހެކެވެ. އަލަށް ލިބުނު ދަރިފުޅުގެ ސަބަބުން ދެމަފިރިންނާއި އާއިލާ ތިބީ ވަރަށް އުފަލުންނެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި އަންހެންމީހާގެ ކުރީގެ ކައިވެންޏަކަށް ދެ ދަރިން ލިބި އެ ދެ ދަރިން މިހާރު ވަނީ ބޮޑެތި ވެފަ އެވެ. އޭނާ އެންމެ ފަހުން ވިހެއީ މީގެ 13 އަހަރު ކުރިންނެވެ.

އެހެން މީހަކާ އަލުން ކައިވެނި ކުރުމަށްފަހު އެމީހާއަށް ދަރިއަށް ބޭނުންވެގެން އައިވީއެފް ހެދީ އެވެ.

މި އަންހެންމީހާއަށް އައިވީއެފް ހަދައިދިނުމުން، ތަޖުރިބާކާރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. ޑުބާއީގެ ކޮންސީވް ފާޓިލިޓީ ހޮސްޕިޓަލުގެ ޑރ. ޕަންކަޖް ޝްރިވާސްތަވް ވިދާޅުވީ މިއީ އައިވީއެފްގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ކަމަށް ދެކޭ ކަމަށެވެ. މި އުމުރުގައި ބަލިވެ އިނުމުން މަންމަ އާއި ދަރިފުޅުގެ ފުރާނައަށް އޮންނަ ނުރައްކާ އެތައް ގުނައަކަށް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް އައިވީއެފް ހަދައިދޭން ޑޮކްޓަރަކު އެއްބަސްވީތީ ވެސް އަހަރެން މިހިރީ ހައިރާންވެފަ. އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން ވެސް އައިވީއެފް ހަދައިދެވޭނީ ދެމަފިރިންގެ އުމުރު އެއްކޮށްލުމުން 100 އަހަރު ހަމަނުވާނަމަ،" އޭނާ ވިދާޅުވި އެވެ.

މި ދެމަފިރިން އަހަރެއްހާ ދުވަހު ޗެންނާއީގައި ތިބެގެން އައިވީއެފްގެ ފަރުވާ ހޯދިކަމަށްވެ އެވެ.

މި އަންހެންމީހާއަށް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވުން ވެސް މިއީ ގިނަ ޑޮކްޓަރުން އެކަމާ ކަންބޮޑުވާ ކަމެކެވެ. ބަލިވެ އިނުމުގެ ސަބަބުން އަންހެންމީހާގެ ހަކުރު މައްޗަށް ދިއުމާއި ލޭ މައްޗަށް ދިއުން އަދި ޕްލެސެންޓާ ޕްރީވިއާ ފަދަ މައްސަލަތައް ކުރިމަތިވި އެވެ. އަދި މިއީ މާބަނޑު މީހާ އާއި ބަނޑުގައި އޮންނަ ކުއްޖާގެ ފުރާނައަށް ވަރަށް ނުރައްކާވާ ފަދަ މައްސަލަތަކެވެ.

ޑރ. ޝްރީވާސްތަވް ވިދާޅުވީ ފާޓިލިޓީ ކްލިނިކްތަކުގެ މަސައްކަތަކީ މިހާރު ވަރަށް ވާދަވެރި ވިޔަފާރިއަކަށް ވެފައި ވާތީ ބައެއް ޑޮކްޓަރުން ގަވާއިދާ ޚިލާފަށް އޮޅުވާލައިގެން މި ކަންތައް ކޮށްދެނީ ކަމަށް.

ޑރ. ޝްރީވާސްތަވް ވިދާޅުވީ ފާޓިލިޓީ ކްލިނިކްތަކުގެ މަސައްކަތަކީ މިހާރު ވަރަށް ވާދަވެރި ވިޔަފާރިއަކަށް ވެފައި ވާތީ ބައެއް ޑޮކްޓަރުން ގަވާއިދާ ޚިލާފަށް އޮޅުވާލައިގެން މި ކަންތައް ކޮށްދެނީ ކަމަށެވެ.

މި ދެމަފިރިންގެ އުމުރު އެއްކޮށްލުން 124 އަހަރު ހަމަވެ އެވެ. އެހެންވެ އިންޑިއާގެ ގާނޫނުތަކުގެ ދަށުން ވެސް މި މީހުންނަކަށް އައިވީއެފް ހަދައެއް ނުދެވޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިންޑިއާގައި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަމަށް ޑރ. ސްރީވާސްތަވް ވިދާޅުވި އެވެ. އުމުރުން 65 އަހަރުގައި މީހަކު އެއްމާބަނޑު ދެ ކުދިން ވިހެއުމަށްފަހު ކުރިމަތިވި މައްސަލަތަކުގައި، ނުތެދުވެވި އޮވެ އަހަރެއްހާ ދުވަސް ފަހުން މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.