08 ޖެނުއަރީ 2025
ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރަން އެދި ފޮނުވާފައިވަނިކޮށް އޭނާ ބަންދުން ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރަން އެދި ފޮނުވާފައިވަނިކޮށް އޭނާ ބަންދުން ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބަލައިފަ އެވެ. ފުލުހުންގެ ބަންދުގައި ހުރި ޓީޗަރުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރަން އެންގި ޗިޓް ފުލުހުންނާ ހަވާލުކުރަން ވަޑައިގަތީ ބަންދުން ދޫކޮށްލުމުގެ އަމުރު ވެސް ނެރުއްވި މެޖިސްޓްރޭޓެވެ.
ކޯޓަށް ހާޒިރުކުރަން ޗިޓް ހަވާލުކުރަން މެޖިސްޓްރޭޓް އަމިއްލަ އަށް ވަޑައިގަތުމަކީ ކުރާ ކަމެއް ނޫނެވެ.
މެދުރާއްޖެތެރޭ ރަށެއްގެ ކޯޓުގެ މެޖިސްޓްރޭޓް ނެރުއްވި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ކުރި ހުކުމްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބަލާފައި އޮތް ގޮތަކީ މިފަދަ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ކުރިން މިފަދަ ތުހުމަތެއް އެ މީހެއްގެ މައްޗަށް ކުރެވިފައި ނެތުމަކީ މިހާރު ތުހުމަތު ކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އަދި ތުހުމަތުވާ ޓީޗަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަން ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ބުރަވެވޭ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އެހެންވެ، ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ ޓީޗަރު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން ނިންމާފައިވަނީ ގޯސްކޮށް ކަމަށެވެ. އަދި، މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު އަލުން ގޮތެއް ނިންމަންދެން ހަތް ދުވަހަށް ޓީޗަރު ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި:
- ތުހުމަތުވާ ޓީޗަރަކީ ސްކޫލެއްގައި ކިޔަވައިދެމުންދިޔަ ޕްރައިމަރީ ޓީޗަރެއް
- އެ ސްކޫލުގައި ކިޔަވަމުންދާ 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތުކޮށް ހެކި ހުށަހަޅާފައިވޭ
- ޖިންސީ އަމަލު ހިންގުމަށްޓަކައި ގިނަ ކުދިންތަކެއް ގްރޫމްކޮށްފައިވޭ
- ޖިންސީ އެކިއެކި ވާހަކަތައް ކުދިންނާ ދައްކައި، މަކުނުބަލީގެ ފޮޓޯ އޭގެ ތެރެއިން އެއް ކުއްޖަކަށް ފޮނުވާފައިވޭ.
މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ހާދިސާ ހިނގި ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ކުދިންނާ ބެހުމުގެ ތުހުމަތުވާ މީހާގެ މައްސަލަ ހައިކޯޓަށް
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް