03 ޖެނުއަރީ 2025
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ސިޔާސީ ވާދަވެރިންގެ ބާރު ކަނޑުވާލަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި މައްސަލާގައި ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒުކުރަން އުޅުމުން އޭނާގެ ސެކިއުރިޓީން އެކަމަށް ހުރަސްއަޅައިފި އެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ސިޔާސީ ވާދަވެރިންގެ ބާރު ކަނޑުވާލަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި މައްސަލާގައި ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒުކުރަން އުޅުމުން އޭނާގެ ސެކިއުރިޓީން އެކަމަށް ހުރަސްއަޅައިފި އެވެ.
މިއީ ދެކުނު ކޮރެއާގައި ރައީސަކު މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކުރަން އުޅުނު ފުރަތަމަ ފަހަރެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ގަރާރު، ގާނޫނު ހަދާ މަޖިލީހުން ފެއިލްކޮށްލައި މިހާރު އިތުބާރު ނެތް ކަމަށް ފާސްކުރުމުން ސަސްޕެންޑްވެފައި ހުރި ރައީސް ހައްޔަރުކުރަން އުޅުމުން، ރައީސްގެ ސެކިއުރިޓީން ވަނީ އިންވެސްޓިގޭޓަރުން ރައީސްގެ ގެޔަށް ވަނަ ނުދީ ހިފަހައްޓައިފަ އެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު އަދި ޑިމޮކްރަސީގައި ނަމޫނާއެއް ކަމަށް ބަލަމުން އައި ގައުމު ސިޔާސީ ހައިޖާނެއްގެ ތެރެއަށް ވައްޓާލި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޔޫން ހައްޔަރުކުރަން ނެރުނު އަމުރު ސައްހަ ނޫން ކަމަށް ޔޫންގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ދެކުނު ކޮރެއާގެ ސަސްޕެންޑްކޮށްފައިވާ ރައީސް ޔޫން ސުކް ޔޯލް މިދިޔަ މަހުގެ ތިން ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވަނީ.
އަސްކަރީ ވެރިކަމުގެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގައުމު ވައްޓާލި ޔޫން ހައްޔަރުކުރަން މަސައްކަތް ކުރާއިރު ޖަލަށް ލުން ނުވަތަ މަރުގެ އަދަބު އަންނަ ވަރުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
މާޝަލް ލޯ އިއުލާނުކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް (ސީއައިއޯ) އިންނެވެ.
"ހައްޔަރު ކުރުމުގެ އަމުރު މިއަދު ތަންފީޒު ކުރަން ބަލާއިރު އެކަމާ ގުޅިގެން ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން އެ އަމުރު ތަންފީޒު ކުރުމަކީ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ކަމެއްގެ ގޮތުގައެއް ނުފެނޭ،" ސީއައިއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އެ ތަނުގައި ތިބި ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އޮތް ކަންބޮޑުވުމުގެ ސަބަބުން މިހާރު ވަނީ ހައްޔަރުކުރަން ކުރި މަސައްކަތް ހުއްޓާލަން ނިންމާފައި،" ޔޫންގެ ޕްރެޒިޑެންޝަލް ސެކިއުރިޓީ ސާވިސް އާއި އެ އިދާރާގެ އަސްކަރީ ޔުނިޓާ އިދިކޮޅަށް ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސީއައިއޯގެ އޮފިޝަލަކު ބްރީފިންގައި ވިދާޅުވީ ގާތްގަނޑަކަށް 20 އިންވެސްޓިގޭޓަރުންނާއި 80 ފުލުހުން ރިޔާސީ ގަނޑުވަރަށް ވަންނަން ދިޔައިރު 200 އެއްހާ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހަތިޔާރާ އެކު ނުކުމެ ތިބީ ދޮރު ބަންދުކޮށްގެން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ދެ ފަރާތުން ވާހަކަ ދައްކައިގެން ވެސް މައްސަލަ ހައްލު ނުވި ކަމަށާއި އެހެންވެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ހުއްޓާލަން ނިންމީ ކަމަށެވެ. އަދި މިހާރު ނެރެފައިވާ އަމުރު މުރާޖައާކޮށް އާ އަމުރެއް ހޯދުމަށް އަދި ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ.
ޔޫންގެ ސެކިއުރިޓީން އޭނާ އަކީ ގައުމުގެ ރައީސްގެ ގޮތުގައި ހިމާޔަތް ދެމުން ދާއިރު މީގެ ކުރިން ވަނީ ފުލުހުން ރެއިޑްކުރަން އުޅުމުން ވެސް ހުރަސްއަޅައިފަ އެވެ. ޔޫންގެ ވަކީލުން ވިދާޅުވެފައިވަނީ ރައީސްގެ ގެޔަކީ "ފަސްޓް-ކްލާސް މިލިޓަރީ ސީކްރެޓް ޕްރޮޓެކްޝަން ފެސިލިޓީ" އެއް ކަމަށާއި އެހެންވެ މިހާރު ނެރެފައިވާ އަމުރަކަށް އެފަދަ ތަނެއް ފާސް ނުކުރެވޭނެ ކަމަށެވެ.
"މިއަދު ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރަން އުޅޭތީ އެކަމާ ހިތާމަކުރަން،" ރައީސްގެ ގާނޫނީ ވަކީލް ޔޫން ކަބް-ކިއުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ދެކުނު ކޮރެއާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އަދި މަގާމުން ވަކިވީ ކަމަކަށް ނުބަލާނެ އެވެ. އެގޮތަށް ފާސްކުރުމާ އެކު ރައީސް ސަސްޕެންޑްވާނެ އެވެ. އަދި މަގާމުން ވަކިކުރުމާ މެދު ފަހު ބަސް ބުނާނީ ދުސްތޫރީ ކޯޓުންނެވެ. ކޯޓުން ގޮތެއް ނިންމަންދެން ރައީސް ހުންނާނީ ސަސްޕެންޝަނުގަ އެވެ. ދުސްތޫރީ ކޯޓުން މިކަމުގައި 180 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭނެ އެވެ.
"ސްކުއިޑް ގޭމް 2" 93 ގައުމެއްގެ އެއްވަނައިގައި
ކޮރެއާގެ ބޯޓުން ދެ މީހަކު ފިޔަވައި އެންމެން މަރު
ކޮރެއާގެ ބޯޓެއް 181 މީހުންނާ އެކު ވެއްޓި 29 މަރު
އެންމެފަހުން ދެކުނު ކޮރެއާގެ ރައީސް އަޒުލްކޮށްފި
ދެކުނު ކޮރެއާގެ ރައީސް "ރަށު ބަންދު" ކޮށްފި
ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރެއް ނުކުރެވުނު
ދެކުނު ކޮރެއާ ކުއްލިއަކަށް ހައިޖާނުވެއްޖެ
ކުއްލި ހާލަތު އުވައިލިޔަސް، ޔޫންއަށް ޕްރެޝަރު ބޮޑު
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!
ޖިންގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ މަހު ގެނެސްދެނީ