ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.
26 ޑިސެމްބަރ 2024
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓު އަތުލައިގަތީ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް އެމްއެންޑީއެފްގެ އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓްކުރުމަށް ފަހު ކަމަށެވެ. އަދި އެ މަސްބޯޓު މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެކަމަކު އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި އަތުލައިގަތީ ކޮން ހިސާބަކުން ކަމެއް ނުބުނެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފަ އެވެ.
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހު އެވެ.
މިވަގުތު މި ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ނ. މާފަރު ބޭނުންކުރިޔަސް ސަރުކާރުން އަންނަނޛ އައްޑޫ ގަމާއި ށ. ފުނަދޫގައި އަސްކަރީ ބޭސް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ގަވާއިދާހިލާފަށް އެތެރެވި ބޯޓެއް ޑްރޯނުން ހޯދައިފި
ސައީދު ނިޔާވީ ބުރަފަތި ދަގަނޑުގައި އޮޅިގެންކަމަށްބެލެވޭ
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
"މިއީ ރަތް ރޮނގު ރައީސް ވަރަށް ބާރަށް ފަވާލި ރޭ"
އަސްކަރީ އިތުރު އުޅަނދުތައް ދާދި އަވަހަށް ފެންނާނެ
ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި
ޑްރޯން ޝޯ 9:20 އަށް، ހަވާ އެރުވުން 9:40 ގައި
ޒަކަރިއްޔާ ހޯދުން ކުރިއަށް، އަދިވެސް ނުފެނޭ
ކަނޑުމަތީގެ ހަތް ހާދިސާއެއް، ގެއްލުނު މީހާ ނުފެނޭ
ލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި