Roadha Mihaaru
އޭސީސީގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި

ކުރީގެ އިއުލާން ބާތިލްކޮށް އޭސީސީގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި

17 ޑިސެމްބަރ 2024

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލާން ކުރިން ކުރި އިއުލާން ބާތިލްކޮށް މިއަދު އަލުން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލާން ކުރިން ކުރި އިއުލާން ބާތިލްކޮށް މިއަދު އަލުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މި މަހުގެ 8 ވަނަ ދުވަހު ފުރަތަމަ ކުރި އިއުލާނުގައި ވަނީ، އެ ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް އިއްޔެއާ ހަމައަށް މުއްދަތު ދީފަ އެވެ.

ނަމަވެސް، އެ ވަގުތު ހަމަވި ފަހުން، ކުރީގެ އިއުލާން ބާތިލްކޮށް މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

އޭސީސީން ދެ މެމްބަރުން ހުސްވީ، ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

ދެ މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގައި ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ގާނޫނުއަސާސީ އަދި ގާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ކުރަމުން ދަނިކޮށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމުން، ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ދެ މެންބަރުން އިސްތިއުފާ ދެއްވުމުން އޭސީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުހައްމަދުގެ އިތުރުން ޝަޒްނާ ހާޝިމެވެ.