16 ޑިސެމްބަރ 2024
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝާފިއު ވިދާޅުވި ގޮތުގައި ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅާނެ އެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މިދިޔަ މަހު އެވެ. އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މިދިޔަ ހަފުތާގައި އެ މަޖިލީހުގެ އަޣުލަބިއްޔަތުން ވެސް ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. ޝަރީއަތް ލަސްވުމުން އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މީހުން ބަންދުން ދޫކުރުމަކީ ކުރެވޭނެ ކަމެއްތޯ ހައި ކޯޓުން ބަލަން ޖެހޭ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
ލަމްހާ ދޫކޮށްލަން ނިންމި މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ރަނގަޅަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމިއިރު، އެ މައްސަލާގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ލަމްހާ ދޫކޮށްލުމާ ދައުލަތުން ދެކޮޅުހަދައި އިސްތިއުނާފަށް
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް
ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ހާރިސްގެ މަރުގެ ދައުވާ ލިބޭ ޔާމީން ބަންދެއް ނުކުރި
އާހެކި އެއްފަރާތްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ދައުލަތް