އިދިކޮޅު އެމްޑީޕީގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލު ނުކުރާ ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެމްބަރަކު ދެއްކެވި ވާހަކަތައް ބަލައި ފިޔަވަޅު އަޅަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
12 ޑިސެމްބަރ 2024
އިދިކޮޅު އެމްޑީޕީގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލު ނުކުރާ ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެމްބަރަކު ދެއްކެވި ވާހަކަތައް ބަލައި ފިޔަވަޅު އަޅަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އެމްޑީޕީ މެންބަރުންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް މަޖިލީހުގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
އެ ވާހަކަތައް ކުށްވެރި ކުރައްވަމުން ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި ދިވެހި ރައްޔިތުން ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހިރައްޔިތަކީ ވެސް މުސްލިމެއް ކަމަށެވެ.
މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، އެއީ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާ ގޮތުން ވެސް ޖިނާއީ ކުށެއް ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫން ކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީ ގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރަން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމާއި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ. މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަވަހަށް ބަލައި އެކަށީގެންވާ ފިޔަވަޅު އަޅަން ޝާހިދު ގޮވައިލެއްވި އެވެ.
ޕީއެސްއެމުން ގުރުއާންގެ ކަލިމައެއް އުނިކޮށް ދެއްކި މައްސަލާގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑީޕީއަކީ "ލާދިނީ" ބައެއް ކަމަށާއި އެ ޕާޓީގެ ތާރީހުން ވެސް ފެންނަން އޮތީ ދީނާ ހިލާފު ކަންކަން ކަމަށެވެ.
"އެ ބޭފުޅުންނަކީ [އެމްޑީޕީ] ކީރިތި ގުރުއާން ކީއްކުރަން، އިސްލާމް ދީން ވެސް ގަބޫލު ކުރާ ބައެއް ނޫން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް އެހެން ވިދާޅުވުމުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒަކަރިއްޔާ ނިޒާމީ މައްސަލައެއް ވެސް ނެންގެވި އެވެ. އެ ނިޒާމީ ނުކުތާ ބަލައިގަނެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއްވެސް ބޭފުޅަކާ ނިސްބަތްކޮށް އިސްލާމްދީން ގަބޫލު ނުކުރާ ވާހަކަ ވިދާޅު ނުވެވޭނެ ކަމަށެވެ.
އޭގެ ފަހުން މުހައްމަދު އިސްމާއިލް ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ.
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު
ނަޝީދާ ގުޅޭގޮތުން ދޮގުވާހަކަ ދެއްކި މައްސަލަ ބަލަނީ
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަނީ
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ބަލަނީ
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ އިދާރާތަކަށް
މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ: އެމްޑީޕީ
ޝާހިދުގެ އިތުބާރުގެ މައްސަލަ އެޖެންޑާއިން ނަގައިފި
އަދަދު ހަމައެއް ނުވޭ، ދެން ނެރެވޭނީ ކޮން ނަތީޖާއެއް؟