ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބަދަލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
18 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބަދަލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހައި ކޯޓުން ބުނިގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. އޭނާ ބާތިލް ކުރަން އެދިފައި ވަނީ ކޮން މާއްދާތަކެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އެ ގާނޫނުގައި ބުނާ ގޮތުން އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގައި މެންބަރަކު ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ އެވެ.
ނަމަވެސް އެ މުއްދަތުގައި އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.
މަޖިލިސް މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ހައި ކޯޓުގެ ގޮފިތައް އުވާލަން އިސްލާހު ހުށަހަޅައިފި
ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: ޕާޓީތައް
32 އަހަރު ކުރިން ވަކިކުރި މެމްބަރަކު ކޯޓަށް
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލަން ހުށަހަޅައިފި
ދައުރުން ބޭރުން މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަނީ
ކުރީގެ މެންބަރުންނަށް 10 އަހަރުން 33.8 މިލިއަން
ގޮނޑި ގެއްލޭ މެންބަރުން ހޮވަން އެމްޑީޕީން އެހީވަނީ
މަޖިލީހުގެ ފަހު ދައުރު ޑިސެންބަރު 15އަށް ދަންމާލައިފި