Roadha Mihaaru
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

07 ނޮވެމްބަރ 2024

ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ރޭ ފަތިހު ރޯވެ އަނދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ރޭ ފަތިހު ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމެއް ލިބިފައި ނެތް ކަމަށެވެ.

"ނަމަވެސް ސަފާރީ ވަނީ އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފަ އެވެ،" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެ އެވެ.

އެމްއެންޑީއެފުން ބުނީ "ބްލޫވޭގާ" ކިޔާ ސަފާރީގައި އަލިފާން ރޯވިއިރު، އޭގައި ތިބީ 12 ފަޅުވެރިން ކަމަށާއި ކައިރީގައި އޮތް ޑައިވިން ދޯންޏަކަށް އެ އެންމެން އެ ވަގުތު އަރާފައިވާ ކަމަށެވެ. އެއީ ހަތް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ބިދޭސީން ނިސްބަތް ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަދި ބަންގްލަދޭޝް އަށެވެ.

"ސަފާރީގައި އަލިފާން ރޯވި އިރު އޭގައި ހުރީ ޑައިވިން ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަން މައުލޫމާތު ދެ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.

އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 3:42 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާންގަނޑު ނިއްވާލި އިރު އެ ސަފާރީ ގާތްގަނޑަކަށް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.