އިޒްރޭލާއި އިޒްރޭލުން އަޅުވެތިކޮށްފައިވާ ބިންތަކާއި އިރުމަތީ ގުދުސްގައި، ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީ (އަންރުވާ) ގެ މަސައްކަތްތައް ހުއްޓާލުމަށް ކަނޑައަޅަފައިވާ ބިލެއް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އިޒްރޭލާއި އިޒްރޭލުން އަޅުވެތިކޮށްފައިވާ ބިންތަކާއި އިރުމަތީ ގުދުސްގައި، ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީ (އަންރުވާ) ގެ މަސައްކަތްތައް ހުއްޓާލުމަށް ކަނޑައަޅަފައިވާ ބިލެއް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އެމެރިކާއިން ހޯމަ ދުވަހު ބުނީ މި މައްސަލައިގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ޣައްޒާގައި އިންސާނީ އެހީ ބެހުމުގައި އަންރުވާ އަދާކުރާ ދައުރުގެ "މުހިންމުކަން" ބޮޑުކަމަށެވެ.
އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ އަންރުވާގެ މަސައްކަތްތައް ހުއްޓުވުމަށް އިޒްރޭލުން ވިސްނަމުންދާތީ "ވަރަށް ބޮޑަށް ހިތާމަކުރާ" ކަމަށެވެ.
އުންރުވާއިން އދ.ގެ ނިންމުން ކުށްވެރިކޮށްފައި ވާއިރު އިޒްރޭލުން ވަނީ އީރާނަށް ބޮން އަޅައި ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އުންރުވާއިން ބުނީ އދ.ގެ މެންބަރަކު މަސައްކަތްކުރަނީ އދ.ގެ ޖަމިއްޔާތަށް މުލުން ލުހެލަން ކަމަށެވެ.
ޖެނުއަރީ މަހު، އިޒްރޭލުން ތުހުމަތ ކުރީ އަންރުވާގެ ޣައްޒާގެ މުވައްޒަފުންގެ ތެރެއިން 12 މުވައްޒަފަކު އޮކްޓޯބަރު 7 ގެ ހަމަލާގައި ބައިވެރިވި ކަމަށެވެ. އެއަށްފަހު ކުރި ތަހުގީގުތަކުން އެނގުނީ އަންރުވާގައި "ވަކި ފަރާތަކަށް ނުޖެހޭކަމާ ގުޅޭ މައްސަލަތަކެއް" ހުރި ކަމަށާއި، 9 މުވައްޒަފަކު އޮކްޓޯބަރު 7 ގެ ހަމަލާގައި "ބައިވެރިވެފައިވުން އެކަށީގެންވާ" ކަމަށެވެ. ނަމަވެސް އިޒްރޭލުން ކުރި މައިގަނޑު ތުހުމަތުތަކަށް ހެއްކެއް ނުލިބުނެވެ.
"ހަމާސް އާއި އަންރުވާއާ ދެމެދު އޮތީ ފުން ގުޅުމެކެވެ. އަދި އިސްރާއީލަށް މިކަން ބަލައިނުގަނެވޭނެއެވެ." މިހެން ވިދާޅުވީ ބިލުގެ ސްޕޮންސަރުންގެ ތެރެއިން އެކަކު ކަމަށްވާ، ލިކުޑް ޕާޓީގެ މެންބަރު ޔޫލީ އެޑެލްސްޓައިންއެވެ.
"ޔަހޫދީންގެ ވެރިރަށުގެ ހިތުގައި ދުޝްމަނުންނަށް ތަނެއް ނޯންނާނެއެވެ." އޭނާ ޕާލިމަންޓުގައި ބިލު ހުށަހެޅުއްވަމުން ވިދާޅުވިއެވެ.
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ޣައްޒާގައި އިތުރު 400،000 މީހުން މަގުމަތިވެއްޖެ
އދ.ގެ އިމާރާތަކަށް ހަމަލާދީ 19 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި 10 ދުވަސް ތެރޭ 322 ކުއްޖަކު ޝަހީދު
ޣައްޒާއިން ކަރަންޓު ކަނޑާލުމުގެ ނަތީޖާ ގޯސްވާނެ: އދ
އިޒްރޭލުން ހުޅަނގު އައްސޭރި ފޭރެން އުޅޭތީ ކަންބޮޑުވުން
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އާ މަސައްކަތެއް
ރެފިއުޖީ އެޖެންސީއާ އިޒްރޭލުން ގުޅުން ކަނޑާލައިފި
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި