28 އޮކްޓޯބަރ 2024
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލަފާގައި ބުނީ، ސަޕްލިމެންޓްރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ 40 ޕަސެންޓަކީ ދަރަނިން ފައިނޭންސް ކުރަން ޖެހޭ އަދަދު ކަމަށެވެ. އެހެންވެ، މި އަހަރު ދައުލަތުގެ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ލަފާކޮށްފައިވެ އެވެ.
އެ އަދަދަކީ ބަޖެޓު ޑެފިސިޓާއި ދަރަނި އަދާކުރަން ހޭދަކުރާ އަދާ އެކު ޖުމްލަ ބަޖެޓު ދަރަންޏެވެ.
"މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީގައި ފައިނޭންސް ކުރުމަށް ކަނޑައެޅުނު އަދަދަށް ވުރެ ޖުމްލަ 8.5 ބިލިއަން ރުފިޔާ އިތުރަށް ފައިނޭންސްގެ ގޮތުގައި އިތުރަށް ހޯދަން ޖެހޭނެ އެވެ،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައިވެ އެވެ.
އެ އޮފީހުން ބުނީ ސަޕްލިމެންޓްރީ ބަޖެޓުގެ ކުރިން ބަޖެޓު ފައިނޭންސިންގެ ގޮތުގައި ކަނޑައަޅާފައި އޮތީ 18 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ޖުމްލަ ބަޖެޓުގެ 36 ޕަސެންޓެވެ. ސަޕްލިމެންޓްރީ ބަޖެޓަށް ބޭނުންވާ ފައިނޭންސިންގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 2.9 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައި އޮތީ ޑޮމެސްޓިކް މާކެޓުންނެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، ސަރުކާރުން ދަރަނި ނެގުމުގައި ބޭރުގެ ފައިނޭންސަށް ވުރެ ބޮޑަށް ޑޮމެސްޓިކް ފައިނޭންސަށް ބަރޯސާވާ ވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން ޕްރައިވެޓް ސެކްޓާ ފައިނޭންސިން އަށް ކުރާ އަސަރު ދެނެގަތުން ވަރަށް މުހިއްމު ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
ދަރަނި އިތުރުވި އިރު މިިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުގައި ކަނޑައެޅި އާމްދަނީގެ 79 ޕަސެންޓް ވަނީ ލިބިފަ އެވެ. މި އަހަރަށް 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އިރު މިހާތަނަށް 26 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ބަޖެޓުގައި 1.5 ބިލިއަން ކަނޑައަޅާފައިވީ ނަމަވެސް މިހާތަނަށް ލިބިފައިވަނީ 630 މިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ނުލިބުމުގެ ސަބަބުން، ފައިނޭންސިން ހޯދުމަށް އިތުރަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ބަޖެޓުގެ ދަރަނި 22 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކުރި އިރު މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި 135 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެއީ ބޭރުގެ ދަރަނީގެ ގޮތުގައި 53 ބިލިއަން ރުފިޔާ އެވެ. އެތެރޭގެ ދަރަނީގެ ގޮތުގައި 69 ބިލިއަން ރުފިޔާ އެވެ. އަހަރު ނިމޭ އިރު ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 118 ޕަސެންޓަށް އިތުރުވާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
3 އަހަރުން 19 ބިލިއަން ރުފިޔާ ދައްކަންޖެހޭ: ޒިޔަތު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ތެލުގެ ސަބްސިޑީ އަށް އިތުރު 590 މިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!