Roadha Mihaaru
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް

ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް

24 އޮކްޓޯބަރ 2024

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ވެމްޕަޔާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ވެމްޕަޔާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ނޯލަން ހަދަން އުޅޭ ވެމްޕަޔާ ފިލްމުގެ ލީޑު ރޯލަށް ނަގަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ.

އެ ފިލްމުގައި ދައްކާނީ 1920 ވަނަ އަހަރު ހިނގާ ކަންތައްތަކެއް ކަމަށްވެ އެވެ. ނޯލަންއަކީ އޭނާގެ ހާއްސަ ނޮން-ލީނިއާ، ވުޖޫދީ ތީމްތަކަށް ފިލްމު ހެދުމަށް މަޝްހޫރު ޑައިރެކްޓަރެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ނޯލަންގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "އޮޕެންހައިމާ" އާއި "އިންޓަސްޓެލާ"ގައި މަސައްކަތްކުރި އިނގިރޭސި އެކްޓަރު މެޓް ޑޭމަން ވެސް އެ ފިލްމުގެ ރޯލަކުން ފެންނާނެ އެވެ. އަދި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓުކުރަނީ ވެސް ނޯލަން އަމިއްލަ އަށެވެ.

ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް ޕްރޮޑިއުސްކުރާ އެ ފިލްމު ސިނަމާތަކަށް ގެންނަނީ ޖުލައި، 2026 ގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ނޯލަން މިފަހުން ބުނެފައި ވަނީ އާދަޔާ ހިލާފު އަދި ތަފާތު ބިރުވެރި ފިލްމެއް ހަދަން ރަނގަޅު ހިޔާލެއް ލިބިއްޖެ ނަމަ، އޭނާ ވަރަށް ޝައުގުވެރިވާނެ ކަމަށެވެ.

ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. އެ ފިލްމަށް ވަނީ މިދިޔަ އަހަރުގެ އޮސްކާގައި ހަތް އެވޯޑް ލިބިފަ އެވެ. އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.

ޓޮމް ހޮލޭންޑް އެންމެފަހުން ކުޅުނީ "އަންޗާޓެޑް" އާއި "ލާސްޓް ކޯލް" އެވެ.