20 އޮކްޓޯބަރ 2024
އަމިއްލަ ކުންފުންޏަކަށް 20.5 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ނުކުރެވޭނެ ސިވިލް ކޯޓުން ނިންމައިފި އެވެ.
އަމިއްލަ ކުންފުންޏަކަށް 20.5 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ނުކުރެވޭނެ ސިވިލް ކޯޓުން ނިންމައިފި އެވެ.
މިފްކޯ އިން އެއްބަސްވުމަކާ ހިލާފުވެފައިވާތީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.5 މިލިއަން ރުފިޔާ ދައްކަން މިފްކޯގެ މައްޗަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
ސިވިލް ކޯޓުން މިފްކޯގެ ޣައިރު ހާޒިރުގައި އޭރު ކުރި ހުކުމުގައި އަންގާފައިވަނީ 14 ދުވަސް ތެރޭގައި ފައިސާ އެކީ އެއްފަހަރާ ދެއްކުމަށެވެ. ނަމަވެސް މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން، ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން އެދެވޭތީ މިފްކޯއިން ވަނީ އެ ހުކުމް ބާތިލްކުރަން ސިވިލް ކޯޓުގައި އެދިފަ އެވެ.
މިފްކޯ އިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ހަގީގީ ސަބަބުތަކެއް ހުރުމުން އެ މައްސަލާގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ.
ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ 20.5 މިލިއަން ދައްކަން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާތިލް ކުރަންޖެހޭ ސަބަބެއް މި މައްސަލާގައި މިފްކޯއަށް ދެއްކިފައިނުވާ ކަމަށެވެ.
އެހެންކަމުން، އެ ހުކުމް ބާތިލް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
މިފްކޯގެ ސީއީއޯއަކަށް ބޭރުގެ ބޭފުޅަކު އައްޔަންކޮށްފި
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
އެމްއެމްއެސްގެ ބޯޓުތަކުގައި މަސް އެކްސްޕޯޓު ކުރަނީ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރަށް
ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް