01 އޮކްޓޯބަރ 2024
އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމައި، އެކަމަށް ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމައި، އެކަމަށް ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެމްޕީއެލް އިން ކުރި އިއުލާނުގައިވާ ގޮތުން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި، ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގައި އަޅަން ނިންމާފައިވަނީ 10 ބުރީގެ ކޯޕަރޭޓް އޮފީސް އިމާރާތެކެވެ.
އެ ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިމާރާތް އަޅަނީ 9،580 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. އެ އިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ފްލޯއަކާއި ކެފޭ/ރެސްޓޯރެންޓްތަކަށް ހާއްސަ ފްލޯއެއްގެ އިތުރުން ވިޔަފާރިތަކަށް ހާއްސަ ފްލޯތަކެއް ވެސް ކަނޑައަޅާފައިވެ އެވެ.
އޭގެ އިތުރުން މީހުން ދިރިއުޅުމަށް ހާއްސަ ދެ ފްލޯއެއް ވެސް ކަނޑައަޅާފައިވެ އެވެ. އެކަމަށް ހާއްސަ ކުރަނީ އެ އިމާރާތުގެ އަށް ވަނަ ބުރި އާއި ނުވަ ވަނަ ބުރި އެވެ. އަދި އެންމެ މަތީގައި ރޫފް ޓޮޕްގައި ރެސްޓޯރެންޓެއް ހަދަން ނިންމާފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެމްޕީއެލްގެ އިދާރީ މަސައްކަތަށް ހާއްސަ އޮފީސް އޭރިއާގެ އިތުރުން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ވެސް އޮފީސް ޖާގަ އެ އިމާރާތުން ކަނޑައަޅާފައިވެ އެވެ. އެގޮތުން އެކަމަށް ހަ ފްލޯއެއް ހާއްސަ ކުރާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އިމާރާތުގައި ބޭސްމެންޓަކާއި ޕާކިންއަށް ހާއްސަ އޭރިއާއެއް ވެސް ކަނޑައަޅާފައިވެ އެވެ.
އެމްޕީއެލް އިން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން އިއުލާނު ކުރިއިރު، ސަރުކާރުގެ ގިނަ އިދާރާތަކެއްގެ އޮފީސް އިމާރާތްތައް ހުޅުމާލެއަށް ދަނީ ބަދަލު ކުރަމުންނެވެ. އަދި ވަރަށް ގިނަ އޮފީސް އިމާރާތްތައް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެ އެވެ.
އެޗްޑީސީގެ ޗެއާމަން ކަމަށް ނާސިފް އައްޔަންކޮށްފި
ހުޅުމާލެ 2 ގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް
މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް
ފްލެޓް މަޝްރޫއު ހިންގީ އެމްޕީއެލްއަށް ގެއްލުންވާ ގޮތަށް
ތިލަފުށީގައި ޑީޕް ސީ ޕޯޓެއް ހަދާނެ ބަޔަކު ހޯދަނީ
އައްޑޫ ޕޯޓުގެ ފޭސް 1 އަންނައަހަރު ނިމޭނެ: އެމްޕީއެލް
4000 ކޮންޓެއިނަރު ބެހެއްޓޭވަރަށް ސްޓޯރޭޖް ބޮޑުކުރަނީ
ޕޯޓް ސޭފްޓީ ރަން މާދަމާ
ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފި
ބަހުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދައާއެކު