ބޮލީވުޑްގެ އެކްޓްރެސް މޯނީ ރޯއީ އޭނާގެ 38 ވަނަ އުފަންދުވަސް ފާހަގަކުރަން އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑްގެ އެކްޓްރެސް މޯނީ ރޯއީ އޭނާގެ 38 ވަނަ އުފަންދުވަސް ފާހަގަކުރަން އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
މޯނީގެ އުފަންދުވަހަކީ މިއަދެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓުގަ އެވެ.
މޯނީ އުފަންދުވަސް ފާހަގަކުރަންް ރާއްޖެ އަށް ކުރާ މި ދަތުރުގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާ ކޮށްފަ އެވެ. އޭނާއާ އެކު މި ދަތުރުގައި ފިރިމީހާ ސޫރަޖް ނަމްބިއާގެ އިތުރުން ބައެއް ރައްޓެހިން ވެސް ބައިވެރިވެ އެވެ.
ޕޯސްޓުތަކުގެ ކެޕްޝަންތަކުގައިވާ ގޮތުގައި މިއީ އޭނާގެ "ބާތުޑޭ ގެޓްއަވޭ" އެވެ.
މޯނީ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީ އަށް ރާއްޖެ އައިސްފަ އެވެ.
ހިންދީ ޓީވީ ޑްރާމާތަކުން މަޝްހޫރުވި މޯނީ އަކީ މިހާރު ބޮލީވުޑްގައި މަގުބޫލު ތަރިއެކެވެ. އޭނާ އަށް ބޮޑެތި ފިލްމުތަކުން އަންނަނީ ފުރުސަތު ލިބެމުންނެވެ.
މޯނީ އުޅޭ ދެ ފިލްމެއް މި އަހަރު ނުކުތެވެ. އެއީ "ލަވް ސެކްސް އޯރް ދޯކާ 2" އާއި "ބްލެކްއައުޓް" އެވެ. އަދި މިދިޔަ މަހު ނުކުތް ޖޯން އަބްރަހަމްގެ ފިލްމު "ވެދާ"ގެ އައިޓަމް ލަވައެއް އޭނާ ކުޅުނެވެ.
މަލައިކާ ރާއްޖެ އަތުވެއްޖެ، ރިސޯޓުން ހޫނު މަރުހަބާއެއް
އަބީޝޭކްގެ އުފަންދުވަހަށް އައިޝްވާރިޔާގެ ލޯބި ޕޯސްޓެއް
ބޮޑުބެރުގެ ފޯރިއާއެކު އަނަންޔާގެ އުފަންދުވަސް ރާއްޖޭގައި
އަލީ އާއި ހީނާ ރޯދަމަހު އުމްރާއަށް
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި