17 ސެޕްޓެމްބަރ 2024
ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކޮށްދޭ ކޭމްޕެއް އައިކެއާ ހޮސްޕިޓަލުން އަތޮޅުތަކުގައި ފަށައިފި އެވެ.
ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކޮށްދޭ ކޭމްޕެއް އައިކެއާ ހޮސްޕިޓަލުން އަތޮޅުތަކުގައި ފަށައިފި އެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގަން ހަމަޖެހިފައިވާ މި ކޭމްޕު ފެށީ ގއ. އަތޮޅުންނެވެ. މި މަހުގެ 9 ވަނަ ދުވަހު އެ ހޮސްޕިޓަލުން ފެށި މި ކޭމްޕު މިހާތަނަށް ވަނީ އެ އަތޮޅުން ވިލިނގިއްޔާއި މާމެންދޫ އަދި ދާންދޫގައި ބާއްވައިފަ އެވެ.
މިހާރު މި ކޭމްޕު ކުރިއަށް ގެންދަނީ ގެމަނަފުށީގަ އެވެ. ގއ. އަތޮޅުގައި މި ކޭމްޕު ނިންމާލުމަށް ފަހު، ދެން އެ ހޮސްޕިޓަލުގެ ޓީމު ދާނީ ގދ. އަތޮޅަށެވެ. ކޭމްޕުގައި ހަރަކާތްތެރި ވަނީ އައިކެއާ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި މެޑިކަލް ޕްރޮފެޝަނަލުންނެވެ.
ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކުރަން އަތޮޅުތަކުގައި ފެށި މި ކޭމްޕުގައި ކެޓެރެކްޓަށް ޗެކު ކުރުމާއި ގްލަކޯމާ އަށް ޓެސްޓުކުރުމާއި ރެޓީނާގެ މައްސަލަތައް ދެނެގަތުމުގެ ޓެސްޓުތައް ކުރާނެ އެވެ. އައިކެއާއިން އައިނު ހައްދަން ބޭނުންވާ މީހުންނަށް އައިނަށް އޯޑަރު ދިނުމުގެ ފުރުސަތު ވެސް ކޭމްޕުގައި ލިބޭނެ އެވެ.
އައިކެއާ ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން ހިދުމަތް ބޭނުންވެ، މާލެ އަށް ނާދެވި ހިދުމަތް ނުލިބި ތިބި މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ކޭމްޕެއް ކަމަށެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލޮލުގެ ދުޅަހެޔޮކަން ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ ކޭމްޕުތަކެއް ކަމަށް ވެސް ބުންޏެވެ.
އައިކެއާ ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މި ކޭމްޕު ބޭއްވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ މި ކޭމްޕުތަކަކީ ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
"އިޔާ އެންޑް ސޭލް" ގައި ބޮޑެތި ޑީލްތަކެއް
އައިކެއާއިން ނ. އަތޮޅުގައި ލޯ ސްކްރީން ކޮށްދެނީ
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
ލޮލުގެ ފެނުމުގެ ދުވަހަށް އައިކެއާގެ އިވެންޓެއް!
އައިކެއާ ސުކޫކުގެ އިންވެސްޓަރުންނަށް 3.4 މިލިއަން!
އައިކެއާގެ "ސޭވް މޯ" ސޭލްގައި ޑިސްކައުންޓް ދެނީ
އައިކެއާގެ "ފުސް ކަމެއް ނެތް" ހާއްސަ ކެމްޕޭނެއް
އައިކެއާއިން އަވިއައިނުން ހާއްސަ ޑިސްކައުންޓެއް
ލޯ ސްކުއިންޓުވާ ނަމަ އަވަހަށް ފަރުވާ ހޯދާ!
ލޮލަށް ފުސް އެރުމުން ބޭނުންވާ ސާޖަރީ އައިކެކާއިން