Roadha Mihaaru
ހުޅުމާލޭގައި ކެރޭނެއް ފުރޮޅާލައިފި

ހުޅުމާލޭގައި ކެރޭނެއް ފުރޮޅާލައިފި

15 ސެޕްޓެމްބަރ 2024

ހުޅުމާލޭ ފޭސް 2 ގައި ކެރޭނެއް ފުރޮޅާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލޭ ފޭސް 2 ގައި ކެރޭނެއް ފުރޮޅާލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގައި ކެރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު މެންދުރު ފަހު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުން އެ ކެރޭނު ފުރޮޅާލާފައިވަނީ ވިނަރެސް ފްލެޓުތަކާއި އެމްޕީއެލް ފްލެޓުތަކުގެ ފުރަގަހުގައި އޮންނަ މަގުގަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މަގު ކެރޭނު ވެއްޓިފައި އޮތީ އެ ސަރަހައްދުގައި އޮންނަ ހުސްބިމުގެ ތެރެއަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ސާފެއް ނުވެ އެވެ.