Roadha Mihaaru
ޖޯލި މޯލްޑިވްސް އިން ރ. ޒޯންގެ ތަށި ދިފާއުކޮށްފި

ޖޯލި މޯލްޑިވްސް އިން ރ. ޒޯންގެ ޗެމްޕިއަންކަން ދިފާއުކޮށްފި

10 ސެޕްޓެމްބަރ 2024

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގައި ރ. ޒޯންގެ ފައިނަލްގައި 2-1 އިން ކޯރަ ކޯރަ މޯލްޑިވްސް ބަލިކޮށް ޖޯލި މޯލްޑިވްސް އިން ޒޯން ތަށި ދިފާއުކޮށްފި އެވެ.

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގައި ރ. ޒޯންގެ ފައިނަލްގައި 2-1 އިން ކޯރަ ކޯރަ މޯލްޑިވްސް ބަލިކޮށް ޖޯލި މޯލްޑިވްސް އިން ޒޯން ތަށި ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި ޖޯލި މޯލްޑިވްސް ވަނީ ހަމަ މި ނަތީޖާއިން ޖޯލި ބީން ބަލިކޮށްފަ އެވެ. ޖޯލި މޯލްޑިވްސް މިއަހަރުގެ ފައިނަލަށް ދަތުރުކުރީ ޖޯލި ބީން ބަލިކޮށްފަ އެވެ. ކޯރަ ކޯރަ އަކީ ލީގު ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ފައިނަލްގެ ޖާގަ ހޯދި ޓީމެވެ.

މިއަހަރު ވެސް މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ޖުމާން މުހައްމަދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ކޯރަ ކޯރަގެ މުހައްމަދު އިސާމް އާއެކު ޖުމާން ވެސް ވަނީ ހަތް ގޯލު ޖަހައި، ޒޯންގެ ޓޮޕް ސްކޯރާ އެވޯޑް ހޯދައިފަ އެވެ.

ޖުމާން ވަނީ 2019 ވަނަ އަހަރު އޮތް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސްގައި އުންމީދީ ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް އެ ސީޒަނަށް ފަހު އޭނާ ފުޓްބޯޅައިން ނުފެނެ އެވެ.

ޖުމާން؛ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި (ކ) އަދި މިއަހަރުގެ ޓެކާސް މުބާރާތުގައި.-- ފޮޓޯ: އެފްއޭއެމް - ޓެކާސް

ޖުމާން؛ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި (ކ) އަދި މިއަހަރުގެ ޓެކާސް މުބާރާތުގައި.-- ފޮޓޯ: އެފްއޭއެމް - ޓެކާސް

ރ. ޒޯންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކޯރަ ކޯރަގެ އިސާމް އާއި އާދަމް ތައުފީގްގެ އިތުރުން ޖޯލި މޯލްޑިވްސްގެ މުސްލިމް މުހައްމަދާއި އިބްރާހިމް ނަދީމް އާދަމް އަދި ޖޯލި ބީންގެ ހަނީފް އަބްދުﷲ އެވެ.

މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ޖޯލި މޯލްޑިވްސްގެ އަބްދުﷲ ހަނީފް (ބެންޖޯ) ހޮވުނުއިރު، ފެއާޕްލޭ އެވޯޑް ހޯދީ ޔޫ އެންޑް މީ މޯލްޑިވްސް އެވެ.

މި މޮޅާ އެކު ޖޯލި މޯލްޑިވްސް އަށް މިވަނީ މާދަމާ ކުޅޭ މިއަހަރުގެ ޗެމްޕިއަންޝިޕް މެޗުގައި ވެސް ބ. ޒޯންގެ ޗެމްޕިއަން މިލައިދޫ މޯލްޑިވްސްއާ ވާދަކުރަން ޖެހިފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕް މެޗުގައި ޖޯލި މޯލްޑިވްސް ވަނީ ޕެނަލްޓީ ޝޫޓައުޓްގައި މިލައިދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ،