Roadha Mihaaru
ޒޯންފައިނަލުގެ ޖާގައަކަށް ޖޯލި މޯލްޑިވްސް އާއި ޖޯލިބީން

ރ. ޒޯންގެ ފައިނަލުގެ ޖާގައަކަށް ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން

07 ސެޕްޓެމްބަރ 2024

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ރ. ޒޯނުގެ ސެމީ ފައިނަލްގައި ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން މިއަދު ވާދަ ކުރާނެ އެވެ.

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ރ. ޒޯނުގެ ސެމީ ފައިނަލްގައި ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން މިއަދު ވާދަ ކުރާނެ އެވެ.

ހަތަރު ޓީމު ބައިވެރިވި ރ. ޒޯންގައި ޖޯލި މޯލްޑިވްސް އާއި ޖޯލި ބީންގެ އިތުރުން ދެން ހިމެނެނީ ކޯރަ ކޯރަ މޯލްޑިވްސް އަދި ޔޫ އެންޑް މީ މޯލްޑިވްސް އެވެ.

ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ފައިނަލްގެ ސީދާ ޖާގައެއް ހޯދާފައި ވަނީ ކޯރަ ކޯރަ މޯލްޑިވްސް އެވެ.

މިއަދު ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގައި ވާދަކުރާ ދެ ޓީމަކީ، މިދިޔަ އަހަރުގެ ޒޯން ފައިނަލް ކުޅުނު ދެ ޓީމެވެ. މިދިޔަ އަހަރު ރ. ޒޯންގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދީ 2-1 އިން ޖޯލި ބީން ބަލިކޮށްފަ އެވެ.

ކޯރަ ކޯރަ މޯލްޑިވްސްއާ ދެކޮޅަށް ކުޅޭ މި ޒޯންގެ ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރެވެ.

ރ. ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމު، ބ. ޒޯންގެ ޗެމްޕިއަން މިލައިދޫ މޯލްޑިވްސްއާ ދެކޮޅަށް ބުދަ ދުވަހު ޗެމްޕިއަންޝިޕް މެޗުގައި ކުޅޭނެ އެވެ.