Roadha Mihaaru
ރ. ޒޯން ފައިނަލްގެ ފަހު ޖާގަ ޖޯލި މޯލްޑިވްސް އަށް

ރ. ޒޯން ފައިނަލްގެ ފަހު ޖާގަ ޗެމްޕިއަން ޖޯލި މޯލްޑިވްސް އަށް

08 ސެޕްޓެމްބަރ 2024

ސެމީ ފައިނަލުގައި ޖޯލި ބީން އާ ވާދަކޮށް 5-3 އިން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް އިން ޓެކާސްގެ ރ. ޒޯންގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ޖޯލި ބީން އާ ވާދަކޮށް 5-3 އިން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް އިން ޓެކާސްގެ ރ. ޒޯންގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ހާފު ނިމުނުއިރު 2-1 ގެ ނަތީޖާއަކުން ޖޯލި ބީން ކުރީގައި އޮތް ނަމަވެސް ޖޯލި މޯލްޑިވްސް އިން ވަނީ ފަހު ހާފުގައި ދެއްކި މޮޅު ކުޅުމާއެކު މެޗު ކާމިޔާބު ކޮށްފަ އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުސްލިމް މުހައްމަދެވެ.

ޖޯލި މޯލްޑިވްސްގައި މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗުގައި އެ ރިސޯޓްގެ ޓީމް ނުކުންނާނީ، ހަތަރު ޓީމު ވާދަކުރި ލީގު ބުރުގެ އެއްވަނަ ހޯދި ކޯރަ ކޯރަ މޯލްޑިވްސްއާ ދެކޮޅަށެވެ. ކޯރަ ކޯރަ ވަނީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ރ. ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމު، ބ. ޒޯންގެ ޗެމްޕިއަން މިލައިދޫ މޯލްޑިވްސްއާ ދެކޮޅަށް ބުދަ ދުވަހު ޗެމްޕިއަންޝިޕް މެޗުގައި ކުޅޭނެ އެވެ.