01 ސެޕްޓެމްބަރ 2024
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ، އޭނާ އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާ ގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކޯޓުން ބުނެފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ، އޭނާ އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާ ގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކޯޓުން ބުނެފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާތީ ބަންޑާރަ ނައިބުގެ އޮފީހުން ހަމަޖެއްސި ދައުލަތުގެ ވަކީލް ވަނީ ދޫކޮށްލާފަ އެވެ. އަދި މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ހޯދުމަށް ފަހު ސާހިލް އާ ހަވާލުކުރަން ޝަރީއަތުން ވަނީ އަންގައިފަ އެވެ.
ކޯޓުގައި ބެލޭ ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެފައިވާ ލިޔުންތައް ބަލަން ސާހިލް އެދިފައިވާތީ، އެ ލިޔުންތައް ކޯޓުގައި ބެލޭނެ އިންތިޒާމް ހަމަޖައްސަން ވެސް މިއަދު ޝަރީއަތުން ވަނީ އަންގައިފަ އެވެ.
ދެން މި މައްސަލާގައި ބާއްވާ އަޑުއެހުމުގައި ސާހިލްގެ މައްޗަށް ދައުވާ އިއްވައި، އެ ދައުވާތަކަށް ސާހިލްގެ ފަރާތުން ޖަވާބުދާރީވާން ފުރުސަތު ދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މިހާތަނަށް ވެސް މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. ސާހިލް ވަނީ މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި ވަކީލުން އޭނާ އަށް އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ނިންމި އެވެ.
ތަހުގީގު ބަޔާންތަކަށް ސާހިލް އިންކާރުކޮށްފި
ސާހިލަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދެނީ
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ފަށަނީ
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކުރަން ޕީޖީން އެދެފި
ޝާހިލް ޝަރީއަތް ނިމެންދެން ބަންދަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޒަރީރަށް ހަމަލާދިނުން: ގައްބަރޭއަށް ކުށް ސާބިތު ނުވި
ޝާދިޔާ އާއި ޝަޒްރާގެ މައްޗަށް ދައުވާކޮށްފި
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި