10 ޑިސެމްބަރ 2024
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވި މައްސަލާގައި، އޭނާގެ ލޭގެ ސާމްޕަލުން ލީތަލް އިންޖެކްޝަނެއް ކަމަށްވާ ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވާ ކަމަށް ލޭގެ ސާމްޕަލް ޓެސްޓްކުރި އިންޑިއާގެ ޕްރޮފެސަރަކު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވި މައްސަލާގައި، އޭނާގެ ލޭގެ ސާމްޕަލުން ލީތަލް އިންޖެކްޝަނެއް ކަމަށްވާ ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވާ ކަމަށް ލޭގެ ސާމްޕަލް ޓެސްޓްކުރި އިންޑިއާގެ ޕްރޮފެސަރަކު ވިދާޅުވެއްޖެ އެވެ.
މޭރީގެ މަރުގެ މައްސަލާގައި އޭނާ ފިރިމީހާ މާވިން ވާގަސް އާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދީފައިވަނީ އިންޑިއާގެ ގުޖުރާތުގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރެކެވެ.
ފޮރެންސިކް ސައިންސް އިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޕްރޮސެފަރު ވަނީ މޭރީގެ ލޭގެ ސާމްޕަލާއި ލަމްހާގެ ކޮޓަރިން ފެނުނު ސިރިންޖުތަކުގެ އެނާލިސިސްއެއް ހަދައިފަ އެވެ. އެ ޕްރޮފެސަރަކީ މި ދާއިރާގައި 22 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މޭރީގެ މަރުގެ ތަހުގީގުގައި އިންޑިއާގެ ޔުނިވާސިޓީއަކަށް ލޭގެ ސާމްޕަލްތަކުގެ އެނާލިސިސް ހަދަން ދިވެހި ފުލުހުންގެ ޓީމެއް ގޮސްފައިވެ އެވެ.
ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ހެކިބަސް ދެއްވަމުން ޕްރޮފެސަރު ވިދާޅުވި ގޮތުގައި މޭރީގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިން މާއްދާ ފެނިފައިވެ އެވެ. އެގޮތަށް އެ ނަތީޖާ އަންނާނީ އެ މާއްދާ ނުވަތަ އެ ބޭސް މީހަކަށް ދިނުމުން ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
ނަމަވެސް، ލަމްހާގެ ކޮޓަރިން ފެނުނު ސްރިންޖުތަކުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ލަމްހާގެ ކޮޓަރިން ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަންތަކެއް ފެނުނެވެ. އެއީ ހޮސްޕިޓަލްތަކުގައި ނޫނީ ގެންގުޅުން މަނާ ބޭސްތަކެކެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އެ ތަކެއްޗަކީ ލަމްހާ ހުއްދަ ނެތި އައިޖީއެމްއެޗްއިން ގެއަށް ގެންދިޔަ ތަކެއްޗެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި މިއީ މީހަކު މަރާލަން ބޭނުންކުރެވިދާނެ އިންޖެކްޝަންތަކެކެވެ. އަދި މޭރީގެ ޕޯސްޓްމޯޓަމް ހެދިއިރު ސަކްސިނައިލްކޮލިންގެ އަސަރު ފެނުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖެހުމާ ބެހޭގޮތުން ލަމްހާ އާއި މާވިންއާ ވާހަކަ ދައްކާފައިވާކަން ހެކިތަކުން އެނގޭނެ އެވެ. އަދި އިންޖެކްޝަން ޖެހުމުން އިހުސާސް ކުރެވޭނެ ކަމާއި ވީހާ ވެސް އަވަހަށް އިންޖެކްޝަން ޖަހަން މާވިންއަށް ލަމްހާ އިރުޝާދު ދިން ކަމަށް ދައުލަތުން ބުނެ އެވެ.
ދައުލަތުން ބުނި ގޮތުގައި ހާދިސާ ހިނގި ދުވަހު، އިންސާނަކު ހޭނައްތާނެ ފަސޭހަ ގޮތްތައް ހޯދަން މާވިން އިންޓަނެޓުން ސާޗުކޮށްފައިވެ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި ވަޒީފާ އަދަކުރަމުންދިޔަ ފިލިޕީންސްގެ މޭރީ ދަންޖެހިގެން މަރުވި ކަމަށް ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން އެނގި އޭނާގެ ފިރިމީހާ މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.
މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ކުރަނީ؛
● އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
● އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން
● ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ މައްސަލަ ސާބިތު ކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ޖުމްލަ 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.
މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަކޮށް ދައުލަތުން ބުނީ، މޭރީ ދަންޖެހުނު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މޭރީ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ސީންއެއް އުފެއްދި ކަމަށް ވެސް ދައުލަތުން ބުނެފައިވެ. ނަމަވެސް، އޭނާ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ދިން ހަމަލާތަކުންކަން ޕޯސްޓްމޯޓަމްއިން ހާމަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ލަމްހާ ގޭބަންދަށް ބަދަލުކޮށްފައި ވާއިރު، މާވިން އަދިވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ޖަލުގަ އެވެ.
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ޑޮކްޓަރުން ހާޒިރުކުރަން ހުރަސް، އޭޖީގެ ލަފައަށް އެދެނީ
18 އަހަރު ކުރީގެ މަރެއްގެ މައްސަލަ އަނެއްކާ ބަލަނީ
އަރުހަމްގެ މަރަށް 12އަހަރު: އަލުން ޝަރީއަތް ފަށައިފި
މަސްތުވާ ކަމަށް އެއްބަސް، ދައުވާތަކަށް އިންކާރު
ނައީމާ މަރާލީ ސިހުރާ ގުޅުވައިގެންކަން ސާބިތުކުރަން ހެކި
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
ސްޕޯޓްސް ކާރު ދުއްވި އިކްރާމް ދައުވާތަކަށް އިއުތިރާފް
ޖަލު އޮފިސަރުންގެ މައްސަލަ: 3 ވަނަ މީހާވެސް އިންކާރު