26 އޯގަސްޓް 2024
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއާޕާސަނަކަށް ސިންގަޕޫރުގެ ރައްޔިތަކު ކަނޑައަޅައިފި އެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއާޕާސަނަކަށް ސިންގަޕޫރުގެ ރައްޔިތަކު ކަނޑައަޅައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ. އެއީ ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ފުރަތަމަ ސީއީއަކަށް ހަމަޖެއްސެވި ނޮއެލް އެންމެ ފަހުން ހުންނެވީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގަ އެވެ. އަދި 2013 އިން 2016 އަށް އިނގިރޭސި ވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.
އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ނޮއެލް ވަނީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް އަދާކުރައްވައިފަ އެވެ.
ޑިވެލޮޕްމަންޓު ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވި ގުނެތިލަކަ ވަނީ 25 އަހަރު ފައިނޭންޝަލް ސެކްޓަރުގައި ހޭދަކުރައްވައިފަ އެވެ. އެންމެ ފަހުން އޭނާ ހުންނެވީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކްގެ ޗެއާޕާސަންގެ މަގާމުގަ އެވެ. އެ ބޭންކްގައި ދެ އަހަރު ހޭދަކުރެއްވި އެވެ. އަދި 2016 އިން 2021 ގެ ނިޔަލަށް އޭނާ ހުންނެވީ ލަންކާގެ ޕީޕަލްސް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމުގަ އެވެ. އޭނާ ވަނީ ސިންގަޕޫރުގެ ސްޓޭންޑަޑް ޗާޓަޑް ބޭންކްގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެ ދެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިިފަ އެވެ. އެ ބައްދަލުވުމަށް ފަހު ރައީސް ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށާއި ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އާ ދާއިރާއަކުން ކުރިއަށް ދިއުމަށްޓަކައި އެއީ މުހިއްމު ބޭންކެއް ކަމަށެވެ.
"ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯ އަކަށް ވެސް ހަމަޖެހިފައި ވަނީ ޗެއާޕާސަނަށް ވެސް ހަމަޖެހިފައިވަނީ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑަށް ތިން ޑިރެކްޓަރުން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބޭރުގެ ދެ ބޭފުޅެކެވެ. އެއީ އަހުމަދު އަލީ އާއި ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދާއި އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓް އެވެ.
އެ ބޭންކު ހިންގުމަށް ބޭނުންވާ ލައިސެންސަށް އެމްއެމްއޭގައި އެދުނީ މިދިޔަ ޖުލައި މަހު އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް އިފްތިތާހުކޮށްފި
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ދީފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
މާލީ ދާއިރާ ފުޅާކޮށް އެމްއެމްއޭ ޒަމާނީ ކުރުމާ ދިމާލަށް
މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީމީހުން ލެވޭގޮތް ހަދައިފި
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ޑިވެލޮޕްމެންޓް ބޭންކް ޖުލައި މަހު ހުޅުވަނީ