Roadha Mihaaru
ރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް އުފައްދައިފި

23 އޯގަސްޓް 2024

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ގުޅުން ބަދަހިކުރަން ކުރީގެ މިނިސްޓަރުންތަކެއް އިސްވެ ތިއްބަވައިގެން ޖަމިއްޔާއެއް އުފައްދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ގުޅުން ބަދަހިކުރަން ކުރީގެ މިނިސްޓަރުންތަކެއް އިސްވެ ތިއްބަވައިގެން ޖަމިއްޔާއެއް އުފައްދައިފި އެވެ.

"އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" ގެ ނަމުގައި މި މަހުގެ ކުރީކޮޅު ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން ވަނީ އިންތިހާބުކޮށްފަ އެވެ. އެ ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އަދި ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ އައިމިނަތު ސަލާހެވެ.

އެ ޖަމްއިއްޔާ އުފެއްދެވި މުއައްސިސުންނަކީ ޑރ. އިބްރާހިމް ހަސަންގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރު ފޮރިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އާއި ޑރ. އާރިފް މުހައްމަދާއި ޑރ. އާމިނަތު މުހައްމަދު ދީދީ އާއި އާމިނަތު ސަލާހާއި ފަޔާޒް މަންސޫރު އެވެ.

އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނައިބު ރައީސް އައިމިނަތު ސަލާހް

އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނައިބު ރައީސް އައިމިނަތު ސަލާހް

އެ ޖަމިއްޔާ އިން ބުނިގޮތުގައި އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދަކީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅުން ބަދަހި ކުރުމާއި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމެވެ.

އެ ޖަމިއްޔާގެ ފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންނާއި ވޮލަންޓިއަރުންގެ ދެމެދު އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ކުޅިވަރާއި އެހެނިހެން ސަގާފީ އަދި އިޖްތިމާއީ ހަރަކާތްތަކާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ކުރިއަރުވަން މަސައްކަތް ކުރުން ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.