Roadha Mihaaru
ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވެގެން

އީރާންގެ ތަހުގީގުން އެނގުނީ ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވެގެން ކަމަށް

22 އޯގަސްޓް 2024

އީރާންގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހު ވެއްޓި އޭނާ އަވަހާރަވި ހާދިސާގެ ސަބަބަކީ މޫސުން ގޯސްވުމާއި މާ ބަރުކޮށް ދަތުރުކުރުން ކަމަށް އީރާނުގެ އޮފިޝަލަކާ ހަވާލާދީ އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.

އީރާންގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހު ވެއްޓި އޭނާ އަވަހާރަވި ހާދިސާގެ ސަބަބަކީ މޫސުން ގޯސްވުމާއި މާ ބަރުކޮށް ދަތުރުކުރުން ކަމަށް އީރާނުގެ އޮފިޝަލަކާ ހަވާލާދީ އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 63 އަހަރުގެ ރައީސީ އާއި އަރިހުގައި ތިއްބެވި ބޭފުޅުން ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު އީރާނުގެ އުތުރުގައި އޮތް ފަރުބަދައަކަށް ވެއްޓި، ރައީސީ އާއި އިތުރު ހަތް މީހަކު މަރުވި އެވެ. އެ ހާދިސާއަށް ފަހު އީރާންގައި ވަނީ އަވަސް އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކޮށްފަ އެވެ.

ފާސް ނިއުސް އެޖެންސީން ބުނީ، އެ ތަހުގީގުގެ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ބުނީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ އަކީ "އެކްސިޑެންޓެއްކަން ވަރަށް ބޮޑަށް ޔަގީން" ކަމަށް އީރާންގެ ސަލާމާތީ ބާރުތަކުން ގަބޫލުކުރާ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާއިން ވެސް މިދިޔަ މެއި މަހު ބުނެފައި ވަނީ ރައީސީ އާއި އޭނާގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ ވެސް އަވަހާރަވި ހާދިސާ އަކީ އެކްސިޑެންޓެއް ނޫން ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

މެއި މަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރު ވެއްޓުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި މޫސުން ގޯސްވުމާއި ސަލާމަތީ ޕްރޮޓޮކޯލްތަކުގެ ބޭރުން އިތުރު ފަސިންޖަރުން ތިބުމުން، ހެލިކޮޕްޓަރަށް މައްޗަށް އެރޭ ގޮތް ނުވުން ކަމަށް ފާސް ނިއުސް އެޖެންސީން ބުންޏެވެ.