21 އޯގަސްޓް 2024
މާލެ ސަރަައްދުގައި ދަތުރުދާ ރަށް، ކުޑަގިރީގައި އެމްއައިބީން 1،000 ގަސް އިންދަން ކްލީން މޯލްޑިވްސްއާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މާލެ ސަރަައްދުގައި ދަތުރުދާ ރަށް، ކުޑަގިރީގައި އެމްއައިބީން 1،000 ގަސް އިންދަން ކްލީން މޯލްޑިވްސްއާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްއައިބީގައި އޮތް ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، މުފައްދަލް އިދުރީސް ހުމްރީ އެވެ. ކްލީން މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ ހަފްސްތު އަލީމް އެވެ.
އެމްއައިބީން ބުނި ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގައި 1،000 ގަސް އިންދުމުގެ އިތުރުން އެ އެމްއޯޔޫގެ ދަށުން ހޭލުންތެރިކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ގަސް އިންދައި ފެހިކުރަން، އެކި ރަށްރަށުގެ ރައްޔިތުން އަހުލުވެރިކުރުވުމާ އެކު އެ ރަށްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން އަންނަނީ މުޖުތަމައަށް ދެމެހެއްޓެނިވި ގޮތުގައި ފައިދާކުރާނެ މިފަދަ އެކި މަސައްކަތްތައް ކުރަމުންނެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް
ގެސްޓްހައުސް ސިމްޕޯޒިއަމްގައި އެގްޒިބިޓްކުރުމުގެ ފުރުސަތު
ޣިޔާސުއްދީންގެ ކުދިން މާލީ ގޮތުން ހޭލުންތެރި ކުރަނީ
ގެސްޓް ހައުސް ސިމްޕޯސިއަމް އޮކްޓޫބަރު 10ގައި ބާއްވަނީ
އެމްއައިބީގެ ހިދުމަތްތައް މާދަމާ ވެސް ލިބޭނެ
ޓޫރިޒަމަށް ހާއްސަ ލޯނުތަކެއް ތައާރަފުކުރަނީ
އެމްއައިބީގެ ސްޓޯލް ހާއްސަވާނީ ހައުސިން ފައިނޭންސިންއަށް
ޑރ. މުނީޒާ އެމްއައިބީގެ ޝަރީއާ ކޮމިޓީއަށް
ސާފު ފައިދާގެ ގޮތުގައި އެމްއައިބީ އަށް 79 މިލިއަން
ނައިނާ ކެމްޕެއިންގެ ނަސީބުވެރިޔާއަށް ސައިކަލު ދީފި