ކުރީގެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. އައިޝަތު މުނީޒާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޝަރީއާ ކޮމިޓީ އަށް އައްޔަން ކޮށްފި އެވެ.
04 އޯގަސްޓް 2024
ކުރީގެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. އައިޝަތު މުނީޒާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޝަރީއާ ކޮމިޓީ އަށް އައްޔަން ކޮށްފި އެވެ.
ޑރ. މުނީޒާއަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން ދުނިޔޭގައި މަގުބޫލު މެލޭޝިއާގެ އައިއެންސީއޭއައިއެފް ޔުނިވާސިޓީގެ ޕްރޮފެސަރު ކަމާއި އެސޯސިއޭޓް ޑީންގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސިންގެ ދާއިރާ ކުރިއެރުވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. ސީއެމްޑީއޭގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމާއި ފިގުހު އެކަޑަމީގެ މެމްބަރުކަމާއި ހައްޖު ކޯޕަރޭޝަނުގެ ޗެއާމަންކަން ވެސް ޑރ. މުނިޒާ އަދާކުރެއްވި އެވެ.
އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން ކޮންސަލްޓަންސީ ދިނުމުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް މައިކްރޯ ފައިނޭންސިން ސްކީމް "ފަސޭހަ މަދަދު" ތައާރަފު ކުރުމުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ.
ޑރ. މުނީޒާ ވަނީ ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ސުކޫކުގެ ވިއްކުމަށް ބޭނުންވާ ސްޓްރަކްޗާ އެކުލަވައިލުމުގައި ޝަރީއާ އެޑްވައިޒަރެއްގެ ރޯލު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ލީގަލް ފްރޭމްވޯކު އެކުލަވައިލުމުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
އެމްއައިބީން "ރޯދަ ކެޗާ"ގެ ނަމުގައި ހާއްސަ ޗެލެންޖެއް
ފަހު 10ގައި ތިން ދުވަހަކު އެމްއައިބީ ހުޅުވަނީ
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
އެމްއައިބީގެ ސާފު ފައިދާއަކީ 282 ރުފިޔާ
އިހަވަންދޫގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ
ތުލުސްދު އަށް އެމްއައިބީގެ އޭޓީއެމްއެއް
އެމްއައިބީ އިން ބޭންކިން ދާއިރާގައި އާ މިސްރާބަކަށް
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
އެމްއައިބީގެ މަސައްކަތްތަކަށް ބަދަލުތަކެއް!