07 އޯގަސްޓް 2024
ސިޔާސީ ބޭފުޅުންތައް މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބްރުއަރީ 2018 ގައި ނެރުނު އަމުރަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ފެނުނު އެންމެ ކަޅު ދުވަސް ކަމަށާއި އެއީ ގެންނަން އުޅުނު "ޖުޑީޝަލް ކޫއެއް" ކަމަށް ދުސްތޫރީ ގާނޫނުގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޝަމްސުލް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ބޭފުޅުންތައް މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބްރުއަރީ 2018 ގައި ނެރުނު އަމުރަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ފެނުނު އެންމެ ކަޅު ދުވަސް ކަމަށާއި އެއީ ގެންނަން އުޅުނު "ޖުޑީޝަލް ކޫއެއް" ކަމަށް ދުސްތޫރީ ގާނޫނުގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޝަމްސުލް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އަށް މިއަދު 16 އަހަރު ފުރުމާ ދިމާކޮށް ބާ ކައުންސިލާއި ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖް ގުޅިގެން ބޭއްވި ފޯރަމްގައި ކީ ނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ޝަމްސުލް ފަލާހް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރު ޖަލަށް ލާފައި ތިބި ސިޔާސީ ހުރިހާ ބޭފުޅުން އެއްފަހަރާ ދޫކޮށްލުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރުތައް ސަސްޕެންޑްކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން އަމުރުކޮށް، ސުޕްރީމް ކޯޓުން އަމުރު ނެރުނު ދުވަހަކީ ރާއްޖޭގެ ދުސްތޫރީ ތާރީހުގައި ފެނުނު އެންމެ ކަޅު ދުވަސް ކަމަށެވެ.
އެ އަމުރު ނެރުނީ ފެބްރުއަރީ 1، 2018 އިގަ އެވެ.
"އެއީ ގާނޫނު އަސާސީގެ ދުސްތޫރީ ހަޔާތަށް ކުރިމަތިވި އެންމެ ބަދު ނަސީބު، ކަޅު ދުވަހޭ އެހެން ދެންނެވުމަކީ ގޯހަކަށް ނުވާނެ،" ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
ރޭގެ ފޯރަމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ގާނޫނީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ ---ފޮޓޯ/ވިލާ ކޮލެޖް
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ އަމުރުގެ ދަށުން، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކުގެ ބާރުތައް ހިފެހެއްޓުމުގެ ސަބަބުން ދުސްތޫރީ އެތައް އުސޫލަކާ ހިލާފުވެފައި އޮތުމެވެ. އެހެންވެ، އެއީ ޖުޑިޝަރީން ގެންނަން އުޅުނު ބަޣާވާތެއް ކަމަށް ޝަމްސލް ސިފަކުރެއްވި އެވެ.
"ކޮންމެވެސް ޕަބްލިކޭޝަނެއްގައި އަޅުގަނޑު ބުނިން 1 ފެބްރުއަރީގެ އަމުރަކީ ފެއިލްޑް ޖުޑީޝަލް ކޫ އެކޭ. އެއީ މި ބުނާ ސަބަބުތައް އެހެން ހުރީތީ،" ނިއުޒިލެންޑްގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޝަމްސުލް ފަލާހް ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ ބެލެނިވެރިޔާއަކީ ސުޕްރީމް ކޯޓު ކަމަށް ބުނެ، އެ ކޯޓުން ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް ވަދެ ކަންކަން ކުރަމުން ދިޔަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ސިވިލް ކޯޓުގެ ފަނޑިޔާރަކު މަގާމު ގެއްލިފައިވާ ކަމަށް ބުނެ 2017 ވަނަ އަހަރު ނެރުނު އަމުރާއި ގިނަ އަދަދެއްގެ ވަކީލުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމުގެ އިތުރުން ގާނޫނެއް ނެތީސް، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމް ޝަމްސުލް ފަލާހު ފާހަގަ ކުރެއްވި އެވެ.
"ވަރަށް ގިނައިން ފެނިގެން ދިޔަ އެބިއުޒްކުރި ތަން، އެކްސްޕާޓް އިންޖެކްޝަންސްތައް،" އޭނާ ވިދާޅުވި އެވެ.
ސުމޯޓޯގެ ބާރު ބޭނުންކޮށްގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނަށް ސުޕްރީމް ކޯޓުން ފިޔަވަޅު އެޅުމަކީ ވެސް ސުވާލު އުފެދޭ ގޮތަށް ކުރި ކަންކަމެވެ.
ޝަމްސުލް ފަލާހް ވިދާޅުވި ގޮތުގައި ސަރުކާރުތަކުގެ ފަރާތުން ވެސް ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ހިންގާފައިވެ އެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިވާ ގޮތަށް ރިޔާސީ ގަރާރު ނެރުމާއި ބައެއް މީހުން މަގާމުތަކުގައި ތިއްބާ މަގާމުތައް އުވާލުމުގެ އިތުރުން 2012 ވަނަ އަހަރަކު ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި 2010 ވަނަ އަަހަރު ސުޕްރީމް ކޯޓުގެ ތަޅު އެޅުވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް ޝަމްސުލް ފަލާހު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އެތައް ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާއިރު، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނުހިނގުމަކީ ގާނޫނުއަސާސީގެ މައްސަލައެއް ނޫނެވެ.
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
ސުޕްރީމް ކޯޓުގެ ސޫމޯޓޯ ބާރު ބަދަލުކުރަން ޖެހޭ: އަލީ
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖޭއެސްސީގައި ރައީސްގެ މެމްބަރަކަށް ސަމީރު
ޖޭއެސްސީ ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!
ސުޕްރީމް ކޯޓުގެ އެސްޖީކަމުން ފާއިޒް ވަކިކުރީ ގޯސްކޮށް
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!