ވެރިކަންކުރާ ޕީޕީއެމަށް މަޖުބޫރުކޮށްގެން މެމްބަރުން ވައްދާ ކަމަށް ތުހުމަތުކޮށް، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
27 ފެބުރުއަރީ 2017
ވެރިކަންކުރާ ޕީޕީއެމަށް މަޖުބޫރުކޮށްގެން މެމްބަރުން ވައްދާ ކަމަށް ތުހުމަތުކޮށް، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓާއެކު ގަރާރު ބާތިލް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއެކުގަ އެވެ. ގަރާރު ބަލައިގަތުމަށް 20 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.
އިދިކޮޅު މެމްބަރުގެ ގަރާރުގައި ވިދާޅުވެފައި ވަނީ، މިއީ ސަރުކާރުގެ މުވައްޒަފުންނަށް ޕީޕީއެމަށް ވަންނަން މަޖުބޫރުކޮށް، އެ ޕާޓީއަށް ސޮއިނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާތީ އެކަން މަޖިލީހުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ހުށަހެޅި ގަރާރެއް ކަމަށެވެ.
އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށާއި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަން އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުން ގާނޫނުއަސާސީން ލާޒިމުކުރާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ޕީޕީއެމަށް މެމްބަރުން ވައްދަނީ މަޖުބޫރުކޮށްގެން ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ވާހަކަތައް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ދޮގުކުރައްވަ އެވެ.
ގަރާރުގެ ބަހުސްގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ޕީޕީއެމަށް މެމްބަރުން ވަންނަނީ ހިތާއި ރޫހުން ޕާޓީ އަށް ވަންނަން ބޭނުންވާތީ ކަމަށެވެ. އަދި ޕީޕީއެމަށް މެމްބަރުން އިތުރުވަނީ ރާއްޖެ އަށް އަންނަ ތަރައްގީގެ ރައްޔިތުން ގަބޫލު ކުރާތީ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރާއި ޕީޕީއެމުން މަސައްކަތް ކުރަނީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި އޮތް ވަޒީފާ އަދާކުރުމުގެ ހައްގު ނިގުޅައި ގަތުމަށެވެ. ޕީޕީއެމާ ނުގުޅިއްޖެ ނަމަ، ވަޒީފާ އިން ވަކި ކުރަމުންދާއިރު، އެ ޕާޓީ އަށް ސޮއިކޮށްފި ނަމަ، ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާ ހޯދައިދިނުމަކީ ކުރާ ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟
މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅުމަށް ގޮވާލައިފި
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ސަރުކާރަށް އެޖެންޑާ 19 އެއް ނޭނގޭ: ޝިޔާމް
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ޔާމީން ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި