04 އޯގަސްޓް 2024
އަންހެން ޓީމުގެ ކުޅުންތެރިއަކު ކޮންޓްރެކްޓުގެ ފަހު ސީޒަނުގައި މާބަނޑުވެއްޖެ ނަމަ، އޮޓޮމެޓިކުން ކޮންޓްރެކްޓަށް އަހަރެއް އިތުރުކޮށްދޭ ގޮތަށް އިޓަލީގެ އޭސީ މިލާނުން މެޓާނިޓީ އުސޫލެއް ހަދައިފި އެވެ.
އަންހެން ޓީމުގެ ކުޅުންތެރިއަކު ކޮންޓްރެކްޓުގެ ފަހު ސީޒަނުގައި މާބަނޑުވެއްޖެ ނަމަ، އޮޓޮމެޓިކުން ކޮންޓްރެކްޓަށް އަހަރެއް އިތުރުކޮށްދޭ ގޮތަށް އިޓަލީގެ އޭސީ މިލާނުން މެޓާނިޓީ އުސޫލެއް ހަދައިފި އެވެ.
ޕްރޮފެޝަނަލް އަންހެން ކުޅުންތެރިންނަށް މެޓާނިޓީ ހައްގުތައް ދޭން ގޮވާލާ އަޑުތައް ފަހަކަށް އައިސް ގަދަވެ، ވަރަށް ގިނަ ކުޅިވަރު އިދާރާތަކާއި، އެސޯސިއޭޝަންތަކާއި، ބްރޭންޑްތަކުން އަންނަނީ އާ އުސޫލުތައް ތައާރަފުކުރަމުންނެވެ.
ޔޫރަޕުގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން މިފަދަ އުސޫލެއް ހެދި ފުރަތަމަ ކްލަބްތަކުގެ ތެރޭ ހިމެނޭ މިލާނުން ގެނައި ބަދަލުތަކާ އެކު އަންހެން ކުޅުންތެރިންނާއި އަންހެން މުވައްޒަފުންނަށް މާބަނޑު ދުވަސްވަރުން ފެށިގެން ދަރިފުޅު ވަކި އުމުރަކަށް އެޅެންދެން ހާއްސަ ރައްކާތެރިކަމެއް ދޭނެ އެވެ.
އެގޮތުން ކުޅުންތެރިޔާ މާބަނޑުވާ ސީޒަނުގައި ކޮންޓްރެކްޓް ހަމަވާ ނަމަ، ހަމަ އެ މުސާރައިގައި އެއް އަހަރަށް ކޮންޓްރެކްޓް އިތުރުކޮށްދޭނެ ކަމަށް ކްލަބުން ބުނެ އެވެ.
މީގެ އިތުރުން ޓްރެއިނިންތަކާއި، މެޗުތައް އޮންނަ ދުވަސްތަކުގައި ޗައިލްޑްކެއާ ސަޕޯޓް ދޭނެ އެވެ. އަދި ދަތުރުކުރާއިރު ދަރިފުޅާއި އިތުރު މީހަކަށް ޓިކެޓާއި، ހޮޓަލާއި، އެހެން ހަރަދުތައް ވެސް ހަމަޖައްސަން ކްލަބުން އެހީވާނެ އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ވަނީ މާބަނޑުވުމުގެ ސަބަބުން އެއްވެސް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އުވާނުލެވޭ ގޮތަށް ގަވާއިދު ހަދައިފަ އެވެ. އަދި އެނޫން ވެސް އެއްވެސް ކަހަލަ ބޭއިންސާފެއް ކުރިމަތިނުކުރަން ފީފާ އިން ވަނީ އަންގައިފަ އެވެ.
މީގެ ކުރިން ބައެއް ބްރޭންޑްތަކުން ވަނީ ސްޕޮންސާ ކުޅުންތެރިން ބަލިވެ އިނުމުން، ފައިސާ ދޭން ދެކޮޅު ހަދައިފަ އެވެ. އެފަދަ ކަންކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނާތީ، ހެޔޮ ބަދަލުތައް ވަނީ އައިސް އެވެ.
ރެއާލް މެޑްރިޑް އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި: އަންޗެލޮޓީ
މިލާން ފުރަތަމަ މޮޅު ހޯދިއިރު ކަމަރްޑާ އަށް ރެކޯޑެއް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް
މިލާން 16 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ސެމީ އަށް
ނަޕޯލީ އަތުން މިލާނަށް ބޮޑު މޮޅެއް
މިލާނަށް ނާކާމިޔާބު، އެކަމަކު އިބްރަހިމޮވިޗް ރެކޯޑެއް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ