Roadha Mihaaru
ބްރިޖުން ފީ ނަގާނީ އިގުތިސާދީ ހާލަތަށް ބަލާފައި

ރައީސްގެ ޔަގީންކަން: ބްރިޖުން ފީ ނަގަން ފަށާނީ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް

25 ޖުލައި 2024

ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމް ގާއިމްކޮށް، ފީއެއް ތައާރަފު ކުރުމުގެ މަޝްވަރާތައް ފަށައި، ފީ ނެގުމަށް ލަފައެއް ލިބިވަޑައިގަތަސް ގައުމާއި ރައްޔިތުންގެ އިގުތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ފީ ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ، މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ދަތުރުތައް ކުރާ ސިނަމާލެ ބްރިޖުގެ ދަތުރުތަކުން ފީއެއް ނެގުމުގެ ދިރާސާއެއް ކުރަން ރޭ އިފުތިތާހުކުރި "މާލެފަހި" ޕްރޮގްރާމްގައި ހިމެނުމާ އެކު އާންމުންގެ ކަންބޮޑުވުންތަކަށް އެކްސްގައި ދެއްވި ޖަބާބުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ބްރިޖުން ޓޯލް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާ މެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލެއްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

"އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދައި ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގުތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައި ވަނީ ބްރިޖުން ފީ ނެގުން، ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ދިރާސާތައް ހެދުން އަންނަ މަހު ތެރޭގައި ފެށުމަށެވެ.