މިދިޔަ މަސްތަކުގައި ކަރަންޓު ބިލް ބޮޑުވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
17 ޖުލައި 2024
މިދިޔަ މަސްތަކުގައި ކަރަންޓު ބިލް ބޮޑުވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެ މައްސަލަ ބަލައިގަތުމާ މެދު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުން އެ މައްސަލަ ފާސްވި އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ މި އަހަރުގެ އޭޕްރިލް މަހުގެ ކަރަންޓު ބިލު ލިބުމާ އެކު ރައްޔިތުންގެ ޝަކުވާ ބޮޑުވެ ސޯޝަލް މީޑިއާގައި ބިލުތަކުގެ ފަރަގު ފެންނަ ގޮތަށް ސުވާލު ކުރަން ފެށުމުން ސްޓެލްކޯ އިން ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ފަހުން ދެން އައި ބިލުތައް އޭގެ ކުރީގެ މަސްތަކަށް ވުރެ ވެސް ބޮޑުވެފައިވާ މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.
ކަރަންޓު ބިލު ބޮޑުވަމުން އަންނަ އިރު ބިލުގެ ތަފްސީލް ނުލިބޭ ކަމަށާއި ތަފްސީލް ލިބުނު ބައެއް ބިލްތައް ހަދާފައި ވަނީ ވެސް އެވްރޭޖް ބިލެއްގެ ގޮތުގައި ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެހެންވެ އެކަންކަން ރައްޔިތުންނަށް ސާފުކޮށްދީ ފެނަކަ އާއި ސްޓެލްކޯގެ ބިލު ބޮޑުވާ މައްސަލަ ތަހުގީގު ކުރަން އެ ކުއްލި މައްސަލާގައި ވަނީ ގޮވާލާފައި އެވެ.
ކަރަންޓް ބިލް ބޮޑުވާ މައްސަލާގައި ސޯޝަލްމީޑިއާގައި ކުރި ޝަކުވާތަކަށް ޖަވާބުދީ ސްޓެލްކޯ އިން ބުނެފައި ވަނީ، ކޮންމެ މަހެއްގައި ކަރަންޓް ބޭނުންކުރެވޭ ވަރާއި ބިލަށް އަރާ ވަރު ވަގުތުން ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށެވެ. އެންމެ ޝަކުވާ ބޮޑުވި އެޕްރީލް މަހު ބިލްތައް ބޮޑުވީ، ސްޓެލްކޯއިން ބުނާ ގޮތުގައި ހޫނު ގަދަ ދުވަސްވަރާ ދިމާވެގެން ކަމަށެވެ.
ކަރަންޓް ބޭނުންކުރާ މިންވަރަށް ވުރެ އިތުރަށް އެ ކުންފުނިން ބިލްކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
އެއް ހަމަޔަކުން ހިދުމަތް ދޭން ލާޒިމްކުރަން ހުށަހަޅައިފި
ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލައިފި
ކަރަންޓު ކެނޑިގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި
ފްލެޓަށް ޕޮއިންޓް ދިން ގޮތް އާންމުކުރަން އިސްލާހެއް
ޔުމްނުގެ މައްސަލާގައި މިނިސްޓަރާ ސުވާލުކުރަން މަޖިލީހަށް
އެކްސިޑެންޓްތަކާ ގުޅިގެން ޕީޖީ އާއި ފުލުހުން މަޖިލީހަށް
ގުޅިފަޅު ގޯތިތަކާ ގުޅޭ ކުއްލި މައްސަލަ ބަލައެއްނުގަތް
ކުޑޫ ހުށަހެޅި އިމްތިޔާޒު މައްސަލަ ބަލައިގެންފި
ގުރައިދޫ މަރުކަޒަށް ވަންނަން މެމްބަރަށް ހުއްދަ ނުދިން
ޕީއެސްއެމް ގާނޫނާ ހިލާފު ކަމަށް ބުނާ މައްސަލަ ބޭރު!