04 ޖުލައި 2024
ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ޓޫރިސްޓުން އެކްސްކާޝަނަށް ބޭނުންކުރާ ފިނޮޅުގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިނުމުން އެ އަތޮޅުގެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ޓޫރިސްޓުން އެކްސްކާޝަނަށް ބޭނުންކުރާ ފިނޮޅުގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިނުމުން އެ އަތޮޅުގެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން މިދިޔަ މެއި މަހު ކުރި އިއުލާނުގައި ބުނެފައިވާ ކޯޑިނޭޓްސްތަކާއި ބޮޑުފިނޮޅުގެ ކޯޑިނޭޓުތަކާ ދިމާ ނުވާ ކަމަށެވެ. އޭރު ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ އެ އަތޮޅުގެ (ކޯޑިނޭޓްސް 3،33،5.470/72،29،59.619) ފަޅެވެ. ނަމަވެސް މިހާރު ކުއްޔަށް ދިނީ އިއުލާންކުރި ފަޅުގެ ބަދަލުގައި އެ ތަނާ ޖެހިގެން އޮތް ބޮޑުފިނޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުގައި ވެސް [ރިސޯޓު ހަދަން ރަށްތައް އިއުލާނުކުރި އިރު] ވާނީ މި ކަންބޮޑުވުންތައް ހިއްސާ ކޮށްފައި ލާމަރުކަޒީ ގާނޫނާ ހިލާފަށް މިކަންކަން ކުރާތީ. އޭރުގައި ލިސްޓުކޮށްފައި އޮތް ފަޅެއް ނޫން މިހާރު މި ދިނީއެއް. ކޯޑިނޭޝަންގައި އޮތް ފިނޮޅާ ޖެހިގެން އޮތީ ބޮޑުފިނޮޅު" އޭނާ ވިދާޅުވި އެވެ.
އެރަށުގެ އެކުއިޒިޝަން ކޮސްޓަކީ 729،000 ޑޮލަރު (11.2 މިލިއަން ރުފިޔާ) އެވެ.
ވ. އަތޮޅުގައި ހިންގާ 50 އަށް ވުރެ ގިނަ ގެސްޓް ހައުސްގައި 600 އާ ގާތްކުރާ އަދަދަކަށް އެނދު އެބަހުއްޓެވެ. އަދި ރިސޯޓުތަކާ އެކު، އެ އަތޮޅުގެ ޖުމްލަ އެނދުގެ އަދަދު 1،500 އަށް އަރަ އެވެ.
ބޮޑުފިނޮޅު ކުއްޔަށް ދޭ މައްސަލާގައި، ވ. އަތޮޅުގައި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނާއި ކައުންސިލާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އަންނަނީ ރާވަމުންނެވެ.
ބޮޑުފިނޮޅުގައި ރިސޯޓު ހަދަން ހަވާލުކުރީ ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދުގެ ކުންފުނި ކާނި ހޮޓެލްސްއާ އެވެ. އޭނާ މިއަދު ވިދާޅުވީ އެ ފަޅު ކުއްޔަށް ނެގީ ސަރުކާރުން އިއުލާނު ކުރި އަގުގައި ކަމަށާއި އެ ރަށް އެވޯޑުކުރި ކަމުގެ ލިޔުން މިހާރު ލިބިފައިވާ ކަމަށެވެ.
އެ ރަށުގައި ހަތަރު ތަރީގެ ރިސޯޓެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކާނި ހޮޓެލްސްގެ ދަށުން ހަތަރު ގެސްޓް ހައުސްގެ 200 އެނދު ތަރައްގީކޮށް އަންނަނީ ހިދުމަތް ދެމުންނެވެ.
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް