Roadha Mihaaru
މީހެއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރު

އަންހެނެއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި

30 ޖޫން 2024

ގއ. ވިލިނގިލީގައި އަންހެނއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.

ގއ. ވިލިނގިލީގައި އަންހެނއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު ވިލިނގިލީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ.

އަނިޔާވެފައިވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.