23 ފެބުރުއަރީ 2017
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅަން ޖެހޭ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅަން ޖެހޭ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނިންމީ ވ. ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ދައުލަތުން ސޮއިކުރަން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަން އޭނާ އަމުރު ކުރެއްވުމުންނެވެ. މިއީ ކުރި ހުކުމަކާ ގުޅިގެން މަތީ ކޯޓަކުން ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ޖޭއެސްސީން ނިންމި ނިިންމުމުގައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށް ވާތީ އެ މައްސަލާގައި އެ ކޮމިޝަނުން މި ވަގުތު އަަޅަން ޖެހޭ ފިޔަވަޅެއް ނެތް ކަމަށެވެ.
އެކަމަކު ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަކީ ހަމައެކަނި ޖޭއެސްސީގެ މަސްއޫލިއްޔަތެކެވެ. އަދި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ކަމަށް ވެސް ގާނޫނު އަސާސީގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އެ އަމުރަށް ފަހު ގާޒީ މަރިޔަމް މަސައްކަތަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ. ކުރިން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުކަން ކުރެއްވި ގާޒީ މަރިޔަމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަންގައި މަސައްކަތް ކުރައްވާ ގާޒީއެކެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ގާޒީ މަރިޔަމް އެ މަގާމުން ވަކިވެފައިވާ ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ބުނެ އެވެ. އަނެއް ބަޔަކު ދެކެނީ ސުޕްރީމް ކޯޓުގެ ނިންމުން ގާނޫނުއަސާސީއާ ޚިލާފު ކަމަށާއި އެހެންވެ އޭނާ އަށް މަގާމު ނުގެއްލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އުވާލައިފި
ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި
ސުޕްރީމް ކޯޓަށް ރައުފު އައްޔަންކުރުން މަޑުޖައްސާލައިފި!
ފަނޑިޔާރުކަމަށް ހުށަހަޅަން 4 ގަޑިއިރުގެ އިތުރު ވަގުތު
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވަން އެދެފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް