26 ޖޫން 2024
މިފްކޯއަށް އާ ސީއީއޯއެއް ހޯދަނީ ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަކަށް ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށް ޕީސީބީން ބުނެފި އެވެ.
މިފްކޯއަށް އާ ސީއީއޯއެއް ހޯދަނީ ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަކަށް ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށް ޕީސީބީން ބުނެފި އެވެ.
ޕީސީބީން ކުރި އިއުލާނާ އެކު ހިމަނާފައިވާ ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ މިފްކޯއަށް ހޯދަނީ ކުންފުނިތަކުގައި އެ ފެންވަރުގެ މަގާމެއް އެކަށީގެންވާ މުއްދަތެއްގައި އަދާކޮށްފައިވާ މީހެއް ކަމަށެވެ.
އެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށް 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށެވެ. އަދި އަށް އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުންފުނިތައް ހިންގުމުގައި، މަސް ޕްރޮސެސް ކުރުމާއި މަސް އެކްސްޕޯޓުކުރުން ނުވަތަ މަހުގެ އުފެއްދުންތައް އުފައްދާ ކުންފުންޏެއް ހިންގާފައިވާ މީހަކަށް އިސްކަން ދޭނެ އެވެ.
މިފްކޯއަށް އިންޓަނޭޝަނަލް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފައި މިވަނީ އެކުންފުނީގެ މާލީ ހާލަތު ދަށްވެ، މަސްވެރިންނަށް ބޭނުންވާ ފައިސާ ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ކުންފުނިން ބުނީ، ފައިސާ ދިނުމުގައި ލަސްވަނީ ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ދިނުމުގައި ލަސްތައް އުޅޭތީ ކަމަށެވެ. އެކަމާ ގުޅިގެން ދާދި ފަހުން މަސްވެރިން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އާ ސަރުކާރުން މިހާތަނަށް މިފްކޯއަށް 900 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޫކުރާ ފައިސާގެ ގޮތުގައި 270 މިލިއަން ރުފިޔާ މިހާތަނަށް ދީފައިވެ އެވެ.
މިފްކޯ އަކީ ފައިދާވާ ސަރުކާރަށް ބަރޯސާ ނުވެ ހިންގާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕީސީބީއިން ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލް އަދި ތަޖުރިބާ ހުރި ފަރާތެއް ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރަށް
ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
މަހުގެ އަގު ދަށްކުރަން މަޝްވަރާ ކުރަނީ
ޕީއެންސީގެ މެންބަރުން ގޮވާލީ މަހުގެ އަގު ދަށްކުރަން
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން