ޒާތީ މައްސަލަތައް އެއް ފަރާތްކޮށް، އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތް ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތަށް، ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދު ކުރައްވައިފި އެވެ.
26 ޖޫން 2024
ޒާތީ މައްސަލަތައް އެއް ފަރާތްކޮށް، އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތް ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތަށް، ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދު ކުރައްވައިފި އެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، އެކުގައި ޕާޓީ ފަށައިގެން ކުރިއަށް ދިޔަ ބަޔަކު ވަކިވެގެން ދިއުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ދެ ވަނަ ވެރިކަން ގެއްލިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެމްޑީޕީން ބަޔަކު ވަކިވެގެން ޑިމޮކްރެޓްސް އުފައްދައިގެން މަސައްކަތް ކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މީގެ 19 އަހަރު ކުރިން އެކުގައި ފަށައިގަތް މަސައްކަތް އަދި ނިމުމަކަށް ނާންނަ ކަމަށާއި އެ ބޭފުޅުން ވެސް އެކުގައި މަސައްކަތް ކުރަން އެނބުރި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެހެންނޫނީ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަނެއްކާ މިއީ އެކަމާ މެދު އެ ބޭފުޅުން ވެސް ވިސްނަންވީ ވަގުތު. އަޅުގަނޑުމެން އެންމެންގެ ޕާޓީ މިއީ. އަޅުގަނޑުމެން އެންމެން އެކީގައި ވަޑައިގަންނަވަންވީ ހަމަ. ޒާތީ އޭރު އެ ހުރި މައްސަލަތައް އެކަހެރި ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު: ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ ދެއްވާފައި. -- ފޮޓޯ: މަޖިލިސް
އެކަމަށް ތާއީދު ކުރައްވައި ސިޔާސީ ދާއިރާގައި މިހާރު ދުރުގައި ހުންނެވި ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިބޫ ވިދާޅުވި މިސްރާބަށް އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުންމީދު އެމަނިކުފާނުގެ އެބައޮތް ކަމަށެވެ.
"ތި ވިދާޅުވި މިސްރާބް އަޅުގަނޑުމެން އެންމެނަށް ހޯދޭނެ ކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ދެ ރައީސުން ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވި އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަކިން ވާދަކުރިނަމަވެސް މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްއިން ރަސްމީކޮށް ވަކި ކޮޅަކަށް ތާއީދު ނުކުރިނަމަވެސް، ޕާޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ ޕީއެންސީއަށެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޖަވާބެއް ނެތް
އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި: އިބޫ
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒް
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
2028 ގެ ރިޔާސީ އިންތިހާބުގައި އިބޫ ވާދަކުރައްވަނީ
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ