24 ޖޫން 2024
ރަތްކަނޑުގައި އިއްޔެ ވެސް ޑްރޯނަކުން ކާގޯ ބޯޓަކަށް ހަމަލާދީ ގެއްލުން ދީފި އެވެ.
ރަތްކަނޑުގައި އިއްޔެ ވެސް ޑްރޯނަކުން ކާގޯ ބޯޓަކަށް ހަމަލާދީ ގެއްލުން ދީފި އެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ އެންމެ ބޮޑަށް ގެއްލުންވި ހަމަލާ ދީފައިވަނީ އުޅަނދުތަކަށް ހަމަލާދޭ ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ، ޔަމަންގެ ހުދައިދާ ބަނދަރުގެ ހުޅަނގުން 65 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
"ބޯޓުގެ މާސްޓަރު ވަނީ މީހަކު ނެތި ވައިގެ މަގުން އޮޕަރޭޓްކުރާ [ޔޫއޭއެސް] އަކުން ބޯޓަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްކޮށްފައި. މި ހަމަލާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ނުވޭ. ބޯޓު ދަނީ އޭގެ މަންޒިލާ ދިމާލަށް ދަތުރުކުރަމުން،" އިނގިރޭސި ސިފައިން ހިންގާ ޔޫކޭއެމްޓީއޯ އިން ބުންޏެވެ.
ޔަމަންގެ އިރުމަތިން ދަތުރުކުރި އެހެން ބޯޓަކަށް ދިޔަވާން ފެށުމުން އެ ބޯޓުން ވެސް އެހީއަށް އެދުނު ކަމަށް ޔޫކޭއެމްޓީއޯ އިން ބުންޏެވެ. ނަމަވެސް މިއީ ކިހިނެއް ދިމާވި ހާދިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އެ ބޯޓަށް ދިޔަވެ ކޮންޓްރޯލް ނުވުމުން އުޅަނދު ދޫކޮށް ފަޅުވެރިން އެއިން ފޭބި ކަމަށާއި އެހެން އުޅަނދަކުން ހުރިހާ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ޔޫކޭއެމްޓީއޯ އިން ބުންޏެވެ.
ދިޔަވި ބޯޓު ކަނޑުގައި އޮޔަށް ދޫވެފައި އެބަ އޮތް ކަމަށް ވެސް ޔޫކޭއެމްޓީއޯ އިން ބުންޏެވެ.
ހޮނިހިރު ދުވަހު އެމެރިކާއިން ބުނި ގޮތުގައި ހޫތީންގެ ތިން ޑްރޯނެއް ރަތްކަނޑު ސަރަހައްދުން ވަނީ ހަލާކުކޮށްލައިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭތީ އެކަމުގެ ބަދަލު ހިފަން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި އިނގިރޭސި ވިލާތުން ހޫތީންގެ މަގާމުތަކަށް އެތައް ފަހަރަކު ވަނީ ހަމަލާ ވެސް ދީފަ އެވެ.
ހޫތީން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ އިޒްރޭލުގެ މުދާ އުފުލާ ބޯޓުތަކާއި އެކި ގޮތްގޮތުން އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. -- އޭއެފްޕީ
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
ހޫތީން ހަމަލާދިން ކާގޯ ބޯޓަކުން ފަޅުވެރިން ފައިބައިފި
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި
ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފިން: ހޫތީން
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
އިޒްރޭލަށް ދިޔަ ކާގޯ ބޯޓަކަށް ހޫތީން ހަމަލާދީފި
ރަތްކަނޑުގައި ހޫތީން ބޯޓަކަށް މިސައިލް ހަމަލާއެއް ދީފި
ހޫތީން ބުނަނީ ބޮން އެޅިޔަސް ހަމަލާތައް ނުހުއްޓާނެކަމަށް
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް