18 ޖޫން 2024
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެފި އެވެ.
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެފި އެވެ.
އާލިއާ ވާހަކަ ލިޔުންތެރިޔަކަށްވެ، އޭނާގެ ހަޔާތުގެ މި އާ ބާބުގެ ވާހަކަ އޭނާގެ އިންސްޓްގްރާމުގައި ވަނީ ހިއްސާކޮށްފަ އެވެ. އޭނާގެ ފުރަތަމަ ކުޑަކުދިންގެ މި ތަސްވީރު ފޮތް ލޯންޗުކުރި އިރު، ކުރިއަށް އޮތްތަނުގައި އެ ފޮތުގެ، އިތުރު ސިލްސިލާ ފޮތްތަކެއް ނެރޭނެ ކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އާލިއާގެ ކިޑްސް ވެއާ ބްރޭންޑް "އެޑް-އޭ-މަމާ"ގެ ދަށުން "އެޑް ފައިންޑްސް ހޯމް" ކިޔާ މި ފޮތް ނެރުނީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ފޮތުގެ ފޮޓޯއެއް ހިއްސާކުރަމުން އޭނާ ލިޔެފައި ވަނީ "އާ އެޑްވެންޗާއެއް ފެށެނީ. އެޑް ފައިންޑްސް އަ ހޯމް އަކީ އެޑް-އަ-މާމާގެ ދުނިޔޭގެ އާ ސިލްސިލާ ފޮތްތަކެއްގެ ފެށުން،" ކަމަށެވެ.
އާލިއާ ބުނި ގޮތުގައި، އޭނާ ކުޑައިރު ވަރަށް ގިނައިން ވާހަކަ ފޮތް ކިޔެވެ. ވާހަކަ ފޮތަށް އޮންނަ ޝައުގުވެރިކަން އުފެދުނީ އެހެންނެވެ.
"ކުޑައިރު ހުވަފެނަކުން ވެސް ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެގެން އުޅުނު ތަން. އެހެންވެ، ކުޑައިރު އަހަންނަށް ވާހަކަ ކިޔައިދިން މީހުންނަށް ވަރަށް ޝުކުރުވެރިވަން. އޭރު އަަހަންނަށް ވާހަކަ ކިޔައިދިން ޝަބްނަމްވިލާ އަދި ތާންވީ ބަޓަކީ އަހަރެންގެ މި ފޮތް ނެރުމަށް ވެސް އެހީތެރިވި މީހުން،" އާލިއާ ބުންޏެވެ.
"އެޑް ފައިންޑްސް އަ ހޯމް" އަކީ ކުޑަކުދިންގެ ފޮތުގެ ސިލްސިލާއެއްގެ ފުރަތަމަ ބައެވެ.
މި ފޮތުގެ ބޭނުމަކީ "ކުރިއަށް އޮތް ޖީލުގެ ކުދިންނަށް ގުދުރަތީ ރީތި ކަމަށް ލޯބި އުފެއްދުން" ކަމަށް އާލިއާ ބުންޏެވެ.
އާލިއާ ވަނީ 2020 ވަނަ އަހަރު "އެޑް-އޭ-މާމާ" ކިޔައި ބްރޭންޑެއް ލޯންޗު ކޮށްފަ އެވެ. އެ ބްރޭންޑްގެ ދަށުން އުފައްދަނީ ކުޑަކުދިންގެ ހެދުމާއި ބަނޑުބޮޑު މީހުން ލުމަށް ހާއްސަ ހެދުންތަކެވެ. މިހާރު އެ ކަލެކަޝަނަށް މި އިތުރުވީ ކުޑަކުދިންގެ ވާހަކަ ފޮތެވެ.
އާލިއާއަށް ކިޝޯރް ކުމާރް ނޭނގޭ: ރަންބީރް
އެންމެ ގިނައިން ފާޑުކިޔަނީ އަންހެނުން: އާލިއާ
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އާލިއާގެ ނަމަށް ކަޕޫރް އިތުރުކޮށްފި
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް
އެންމެ ބޮޑު މުސާރައެއް ނަގަނީ ދީޕިކާ
"ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ
އެންމެ މުއްސަނދި ސްޓާކިޑްއަކަށް ރަހާ