05 ޖޫން 2024
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސްޓޭލްކޯއިން ވެސް މަދުވެގެން 500،000 ގަސް އިންދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސްޓޭލްކޯއިން ވެސް މަދުވެގެން 500،000 ގަސް އިންދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އެ މަނިކުފާނު ފައްޓަވައިދެއްވީ މިއަދު ހެނދުނެވެ.
ސްޓެލްކޯއިން މިއަދު ސޮއި ކުރި ޕްރޮޖެކްޓުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ފަރާތުން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށާފައި ވަނީ ކ. ތުލުސްދޫގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. @MMuizzu ގެ ވަޢުދުފުޅާއި އެއްގޮތަށް، ރާއްޖޭގައި 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް އެމަނިކުފާނު މިއަދު ފައްޓަވައިދެއްވި މަޝްރޫޢުގައި ބައިވެރިވެ ކުރިއަށް އޮތް 5 އަހަރު ގަސް އިންދުމުގެ ޙަރަކާތް ހިންގުމަށް ސްޓެލްކޯއިން މިއަދު ވަނީ ޕްލެޖްގައި ސޮއިކޮށްފައި.… pic.twitter.com/CStaFmE0JJ
— STELCO (@STELCOMALDIVES) June 5, 2024
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
އެންވަޔަރަމެންޓް މިިނިސްޓްރީން ބުނީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ބާވަތުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާފައިވާ ކަމަށެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވަޒަންކުރާނެ ކަމަށް ވެސް ބުންޏެވެ.
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް
ޗާޖިން ސްޓޭޝަންގެ ހިދުމަތް ސްޓެލްކޯ އިން ފަށަނީ
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
މުޣުނީ ބަދަލުކުރީ އެންވަޔަރްމެންޓުގެ ސްޓޭޓްމިނިސްޓަރަކަށް
"މިއީ ވެށި ހިމާޔަތްކޮށް މޮޅަށް ދިރިއުޅެންވީ ވަގުތު"
ހިއްކުމުން ގުޅީފަޅާއި ދިރުންތަކަށް ގެއްލުންތަކެއް ލިބޭނެ
ތިމާވެށީގެ ދުވަސް: ވަގުތީ މަންފާއަށް ވެށި ހަލާކުނުކުރޭ
ޖޫރިމަނާ ކުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ އިހުމާލުން
ސްޓެލްކޯއަށް މަހަކު 2 މިލިއަން ގެއްލުންވޭ: ރިޕޯޓް