Roadha Mihaaru
މައިގްރޭން ތަދު ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަން

މައިގްރޭންގެ ރިހުން ކުޑަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

05 ޖޫން 2024

ވަރަށް ގިނަ މީހުންނަކީ މައިގްރޭންގެ އަސަރު ހުންނަ މީހުންނެވެ. ބައެއް މީހުންނަށް އެ ރިހުން ވަރަށް ބޮޑެވެ. މައިގްރޭންގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުމަށް ވެސް އުނދަގޫވާ ހިސާބަށް ދެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ވަރަށް ގިނަ މީހުންނަކީ މައިގްރޭންގެ އަސަރު ހުންނަ މީހުންނެވެ. ބައެއް މީހުންނަށް އެ ރިހުން ވަރަށް ބޮޑެވެ. މައިގްރޭންގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުމަށް ވެސް އުނދަގޫވާ ހިސާބަށް ދެ އެވެ.

މިއީ، މައިގްރޭންގެ ރިހުން ކުޑަކޮށްދޭނެ ބައެއް ކަންތައްތަކެވެ.

ލެވެންޑާ އޮއިލް

ލެވެންޑާ ތެލުގެ ވަސް ބެލުމުން މައިގްރޭން އަށް ލުޔެއް ލިބެއެވެ. ތެޔޮ އަޅާ ކަހަލަ އެއްޗަކަށް ލެވެންޑާ ތެޔޮކޮޅެއް އަޅާލާފައި ބެހެއްޓިދާނެ އެވެ. އަދި ދޭތެރެދޭތެރެ އިން އޭގެ ވަސް ބެލިދާނެ އެވެ. މީގެ އަހަރުތަކެއް ކުރިން 2016 ވަނަ އަހަރު ހަދާފައި އޮތް ދިރާސާއެއްގައި ބުނާގޮތުގައި ތިން މަހުގެ ލެވެންޑާ ތެރަޕީ އިން މައިގްރޭން އެޓޭކް ކުޑަކޮށްދެ އެވެ.

ބައެއް ކަހަލަ ކާނާ ކެއުން ހުއްޓާލުން

މައިގްރޭން އިން ދުރުވުމަށް ބައެއް ކަހަލަ ކާނާ ކެއުން މަދުކޮށްލަން ޖެހެ އެވެ.

- ނައިޓްރޭޓްސް ހުންނަ ކާނާ މަދުކުރުން: މިސާލާކަށް ހޮޓްޑޯގް، ތެލުލި މަސް، ބޭކަންސް އަދި ސޮސެޖު

- ޗޮކްލެޓް

- ޗީޒްގެ ބާވަތްތައް

- މާ ފިނިކޮށް ހުންނަ އެއްޗިހި: މިސާލަކަށް އައިސްކްރީމް، ފިނި ބުއިންތައް

- ތައްޔާރީ ކާނާ

- ބީންސް

- ޑްރައިޑް ފްރުޓްސް

- ކިރުގެ ބާވަތްތައް

ބައެއް މީހުންނަށް މަދު މިންވަރެއްގެ ކެފެއިންކޮޅަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެ އެވެ.

ޕެޕަމިންޓް އޮއިލް

ދެހާސް ނަވާރަ ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ނޭފަތަށް ވަންނަ ލިޑޮކެއިންގެ 4 ޕަސެންޓުން 1.5 ޕަސެންޓުގެ ޕެޕަމިންޓް ތެލުން މައިގްރޭން އަލާމާތްތަކަށް ހައްލަކަށް ވެއެވެ. އަދި ދިރާސާއިން ބުނާގޮތުގައި 40 ޕަސަންޓު މީހުންނަށް މި ކަމުގެ އަލާމާތްތަކުން ރައްކާތެރިކޮށް ފޯރުކޮށްދެ އެވެ.

އިނގުރު

އިނގުރަކީ މައިގްރޭން ހުންނަ މީހުންނަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ މައިގްރޭން ތަދަށް ވަރަށް ބޮޑު ލުޔެއް ފޯރު ކޮށްދޭ ބާވަތެކެވެ.

މަސާޖު

މަސާޖަކީ ވެސް މައިގްރޭންގެ އަލާމާތްތައް ކުޑަ ކޮށްދޭ ކަމެކެވެ. ދެހާސް ސަތާރަ ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކަނީ ގަވައިދުން މަސާޖު ކުރުމުން މައިގްރޭންގެ އަލާމާތްްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭ ކަމަށެވެ. އަދި މިއީ ސައިޑް އިފެކްޓެއް ނާންނާނެ ރައްކާތެރި ކަމެކެވެ.

ނިދިހަމަކުރުން

ނިންޖާއި މައިގްރޭން ތަދާ އޮންނަ ގުޅުން މާ ބޮޑަކަށް ސާފެއް ނޫނެވެ. ކޮންމެ ރެއަކު ވެސް އެއްގަޑިއެއްގައި ނިދަން އާދަ ކުރުމާއި، ނިދަން ކައިރިވެފައި އޮއްވައި ކެފެއިންގެ ބާވަތެއް ބޭނުން ނުކުރުމަށް ދިރާސާތަކުން ބުނެ އެވެ.

މި ހުރިހާ ކަމަކީ ވެސް ގޭގައި ކުރެވިދާނެ ކަންކަމެވެ. އަދި މައިގްރޭން ހުންނަ މީހުން މިފަދަ ކަންކަން ކޮށްލުމުން މައިގްރޭން ތަދަށް ކުޑަ ލުޔެއް ވެސް ލިބިދާނެ އެވެ.