28 މެއި 2024
ރާއްޖެ ކަހަލަ އެކަހެރި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުދި ގައުމުތައް ކުރިއެރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑެވެ؛ އެންޓީގާއި މިހާރު ކުރިއަށް ގެންދާ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ.
ރާއްޖެ ކަހަލަ އެކަހެރި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުދި ގައުމުތައް ކުރިއެރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑެވެ؛ އެންޓީގާއި މިހާރު ކުރިއަށް ގެންދާ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ.
ސިޑްސް ކޮންފަރެންސްގައި ރާއްޖެ އިން އިންތިޒާމުކޮށްގެން ބޭއްވި "ސްމާޓް މޯލްޑިވްސް: ޖާނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިނިއުނިޓީ" ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ އަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރައްވައިފަ އެވެ. އަދިވެސް މި ދާއިރާ ފުޅާކޮށް، އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަން ވެސް އިއުލާން ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ސިޑްސްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ގުދުރަތީ ވަސީލަތްތައް މަދުވުމާއި އިގުތިސާދު ކުރިއެރުވޭނެ ގޮތްތައް މަދުވުމާއި ދަރަނި ބޮޑުވުމުގެ މައްސަލަތަކާއި ތިމާވެށީގެ ނާޒުކު ކަމުން ވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. މި ގޮންޖެހުންތަކާ އެކު، އާންމުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމުގައި ދަތިތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކޮށްގެން ބޭއްވި "ސްމާޓް މޯލްޑިވްސް: ޖާނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިނިއުނިޓީ" ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް، އަދުގެ ޑިޖިޓަލް ދުނިޔެ އަށް އަންނަ ކުރިއެރުންތަކާ އެކު، މި ގޮންޖެހުންތަކަށް އެދެވޭ ވަރުގެ ހައްލުތަކެއް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު މިއަދު ވަރަށް އުފަލާ އެކުގައި ފާހަގަކުރަން، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ރޮނގުން ރާއްޖެ ވަރަށް ކާމިޔާބު: ރައީސް
"ތަރައްގީ އަށް ހުރަސްއެޅޭ ކަންކަމުން އަރައިގަތުމަށްޓަކައި އަދި ބިނާކުރަނިވި ބަދަލުތަކެއް ގައުމަށް ގެނައުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ތަފާތު އީޖާތުތަކަށާއި އާ ޓެކްނޮލޮޖީ އަށް މަރުހަބާ ކިޔާނަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ވަރަށް އުފަލާ އެކުގައި ފާހަގަކުރަން، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ރޮނގުން ރާއްޖެ ވަރަށް ކާމިޔާބު."
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމާއި ތައުލީމާއި އިގުތިސާދާއި އާންމު އެހެން ހިދުމަތްތައް ފަސޭހަކޮށް، ފުޅާކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑެވެ. ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ދޭން ފެށުމުން، ހިދުމަތް ލިބުމުގައި އާންމުންނަށް ވަނީ ފަސޭހަވެފައި ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އަސާސީ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތަކާއި ތައުލީމާއި ގެދޮރުވެރިކަމާއި އިޖުތިމާއީ އެހެން ބައެއް ހިދުމަތްތައް ދިނުމުގައި ވެސް މިހާރު ވެބް އެޕްލިކޭޝަންތަކާއި ޕޯޓަލްތައް މެދުވެރިކޮށް، އާންމުންނަށް ހިދުމަތް ލިބިގަތުމުގައި ވަރަށް ބޮޑަށް ލުއިފަސޭހަކޮށްދީފައިވާ ކަމަށެވެ.
ރާއްޖޭގައި ޑްރޯން މެދުވެރިކޮށް އެއް ރަށުން އަނެއް ރަށަށް ބޭސް ފޮނުވޭނެ ނެޓްވޯކަކާއި ސްމާޓް ރޯޑް ސިސްޓަމްތަކާއި ރަށްގިރުމާއި ގުދުރަތީ އެހެން ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ޒަމާނީ މޮނީޓަރިން ސިސްޓަމްތައް ވެސް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބޭރު ގައުމެއްގައި ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވަނީ: ރާއްޖޭގައި މި ހިދުމަތް ފަށަން ވަނީ ޓެސްޓުކޮށްފައި.-- ފޮޓޯ: ވޯލްޑް އިކޮނޮމިކް ފޯރަމް
ސިޑްސްގެ ގައުމުތަކުގައި ޓެކްނޮލޮޖީގެ ރޮނގުން ހޯދަމުން އަންނަ ކާމިޔާބީތަކާއި ހުރި ހުރަސްތަކާ ގުޅޭ ގޮތުން ޔޫއެންޑީޕީން މިދިޔަ އެޕްރީލް މަހު އާންމުންކުރި ރިޕޯޓެއްގައިވާ ގޮތުގައި، މި ދާއިރާއިން މި ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސައިބާސެކިއުރިޓީ ނުވަތަ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކެވެ؛ ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވެސް އެކަމަށް އަލިއަޅުއްވައިލެއްވި އެވެ.
"ސައިބާސެކިއުރިޓީގެ މައްސަލަތަކާ މުޅި ދުނިޔެ ވެސް ވަނީ ކުރިމަތިލާން ޖެހިފައި. މިއީ އެންމެނަށް ކުރިމަތިވެފައި އޮތް މައްސަލައެއް. ހުއްދަ ނެތި ސައިޓުތަކަށް އެކްސެސްވުމާއި އެކައުންޓްތައް ހެކްކުރުމާއި ޑޭޓާ ޕްރައިވެސީ ބްރީޗްކުރުމަކީ މިހާރު ކޮންމެ ދުވަހަކު ހިންގަމުންދާ ނުރައްކާތެރި ކަންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސައިބާސެކިއުރިޓީ ވަރުގަދަކުރަން ޖެހެނީ އެ ސަބަބަށްޓަކައި ކަމަށެވެ. އެ ވިސްނުމުގެ މަތިން ރާއްޖޭގެ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއޭ) އަކީ ވަރުގަދަ އަދި ހަރުދަނާ އިދާރާއަކަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ނޭޝަނަލް ސައިބާސެކިއުރިޓީ އެޖެންސީއެއް ވެސް މިހާރު އުފައްދާފައިވާ ކަމަށާއި އެ އެޖެންސީގެ ދަށުން އެކަމާ ގުޅޭ ގާނޫނާއި ގަވާއިދުތައް ހަދައި ތަންފީޒުކުރަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދިވެސް މި ތިބީ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވުމުގެ މަރުހަލާގައި. އަޅުގަނޑުމެންނަށް އެކަނިމާއެކަނި މިކަން ހާސިލެއް ނުކުރެވޭނެ. މިކަން ހާސިލުކުރުމަށްޓަކައި ބައިނަލްއަގުވާމީ ދުނިޔޭގެ އެއްބާރުލުމާއި އިންވެސްޓްމަންޓުތަކާއި ޕާޓްނަޝިޕްތައް ވަރަށް ބޮޑަށް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.
ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކޮށްގެން ބޭއްވި "ސްމާޓް މޯލްޑިވްސް: ޖާނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިނިއުނިޓީ" ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ އިތުރަށް ކުރިއެރުވުމަށްޓަކައި މި ވަގުތު ތިން ގޮތަކުން އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެއީ؛
• އާންމު ހިދުމަތްތައް އިތުރަށް ފަސޭހަކުރުމަށާއި މަސައްކަތްތެރިން ބާރުވެރިކުރުވުމަށާއި އިގުތިސާދު ސިންދަފާތުކުރުމަށްޓަކައި ތަފާތު އީޖާދުތަކާއި އާ ޓެކްނޮލޮޖީ ޕްރޮމޯޓްކުރަން ޓާގެޓްޑް އިންވެސްޓްމަންޓްތައް ބޭނުންވޭ.
• ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށްޓަކައި ތަޖުރިބާކާރުންގެ ފަންނީ ލަފާ ބޭނުންވޭ.
• ޑިޖިޓަލް އިގުތިސާދެއް ގާއިމްކުރުމަށްޓަކައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެހެން ގައުމުތަކާ ގުޅިގެން ގާތުން މަސައްކަތްކުރަން ބޭނުންވޭ.
އުފެއްދުންތެރިކަން އިތުރުނުކުރެވޭނެ ގޮތެއް ނެތް: ރައީސް
ރާއްޖޭގެ ނާޒުކުކަން ބަލިޔަފަކަށް ނުހަދާ: ރައީސް
އިޒްރޭލުގެ އަމަލު ކުށްވެރިކުރަން ސިޑްސް އަށް ގޮވާލައިފި
ސިޑްސް ކޮންފަރެންސަށް ރައީސް ފުރާވަޑައިގަންނަވަނީ
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކޮށްދީފި: ގާސިމް
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި