Roadha Mihaaru
ބޮލީވުޑާއި ގްލޯބަލް ސިނަމާގެ ފަރަގު ކުޑަކުރަން ބޭނުން

ބޮލީވުޑާއި ގްލޯބަލް ސިނަމާގެ ފަރަގު ކުޑަކުރަން ބޭނުން: އައްލޫ އަރުޖުން

29 މެއި 2024

ސައުތު އިންޑިއަން ސިނަމާ އާއި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު އައްލޫ އަރުޖުން ބޭނުން ވަނީ ބޮލީވުޑާއި ގްލޯބަލް ސިނަމާގައި އޮންނަ ފަރަގު ކުޑަކުރަން ކަމަށް އޭނާ ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސައުތު އިންޑިއަން ސިނަމާ އާއި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު އައްލޫ އަރުޖުން ބޭނުން ވަނީ ބޮލީވުޑާއި ގްލޯބަލް ސިނަމާގައި އޮންނަ ފަރަގު ކުޑަކުރަން ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާ ސިނަމާ އަށް އެންމެ ބޮޑު ކާމިޔާބެއް ލިބިފައި ވަނީ ބޮޑެތި ރިލީޒްތަކުންނާއި އަދި ބޮޑު ކާސްޓެއް އޮތުމުގެ ސަބަބުންނެވެ.

ބޮލީވުޑް ފިލްމު "އާރްއާރް" އާއި "ކޭބީޖީ" ފަދަ ކާމިޔާބު ފިލްމުތަކުން ބޮލީވުޑާއި ސައުތު އިންޑިއަން ފިލްމުގެ ދެމެދުގައި އޮންނަ ފަރަގު މިހާރު ވަރަށް ބޮޑަށް އޮތީ ފޮރުވިފައި ކަމަށް ވެސް އޭނާ ބުނެ އެވެ.

މި ބަދަލު ގެނައުމަށް އެންމެ ބޮޑު އެއް މަަސައްކަތެއް ކުރަމުން އަންނަނީ ފިލްމް "ޕުޝްޕާ 2" އަށް ތައްޔާރު ވަމުން އަންނަ އެކްޓަރު އައްލޫ އަރްޖުން އެވެ.

އައްލޫ ބުނި ގޮތުގައި ބޮލީވުޑް އަންނަނީ ބޮޑު ބަދަލުތަކެއް އަންނަމުންނެވެ. މި ބަދަލު އައުމުގެ އެންމެ ކުރީގައި ހުންނަން ބޭނުން ވަނީ އޭނާ ކަމަށް ދާދި ފަހުން ބޭއްވި ޗެޓް ޝޯއެއްގައި އޭނާ ބުނެފައި ވެއެވެ.

ފިލްމް ޕުޝްޕާ 2

ފިލްމް ޕުޝްޕާ 2

އައްލޫގެ މި އިސްނެގުމާއި ކެރުމަށް ގިނަބައެއްގެ ތައުރީފް ލިބެމުން ދެއެވެ. އަދި އައްލޫ އަކީ އިންޑިއަން ސިނަމާގައި އެންމެ އަގުބޮޑު އެއް ތަރި އެވެ. އޭނާގެ މިލްކިއްޔާތުގައި 460 ކްރޯޑް (300 މިލިއަން ޑޮލަރު) އެބަހުއްޓެވެ.

މި ޗެޓް ޝޯގައި އައްލު ވަނީ ވަރަށް ޝައުގުވެރި އަދި އުއްމީދީ ވާހަކަތަކެއް ހިއްސާ ކޮށްފަ އެވެ. އަދި އޭނާ ބޭނުން ވަނީ އިންޑިއަން ސިނަމާ އާއި ގްލޯބަލް ސިނަމާގައި މި އޮންނަ ފަރަގު އެއްކޮށް ދުއްވާލައި މުޅި ދުނިޔެ ގުގުމާލާނެ ވަރުގެ ބަދަލެއް ގެނައުމަށެވެ.

އައްލޫ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމް "ޕުޝްޕާ 2" ގަ އެވެ. މި ފިލްމުގައި އައްލޫގެ އިތުރުން ރަޝްމިކާ މަންޑަންނާ އަދި ފަހާދް ފާސިލް ލީޑު ރޯލުން ފެނިގެން ދާނެ އެވެ. ފިލްމް ރިލީޒް ކުރުން އޮތީ މި އަހަރު އޮގަސްޓް މަހުގެ 15 ގަ އެވެ.